ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

19 ދުވަސް ތެރޭގައި ރާއްޖެއަށް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން

ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުން އޮމިކްރޯންގެ ކޭސްތައް ފެންނަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 1 އިން 19 ވަނަ ދުވަހާއި ހިސާބަށް ރާއްޖެއަށް 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި ހިނގާ އޭޕްރިލް މަހުގެ 1 އިން 19 އަށް ރާއްޖެ ޒިޔާރާތްކޮށްފައިވަނީ 102،464 ފަތުރުވެރިންނެވެ. އެއީ ފާއިތުވެދިޔަ އަހަރާއި ބަލާއިރު 18.8 އިންސައްތައިގެ ކުރިއެރުމެކެވެ. ފާއިތު އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރާތްކޮށްފައިވަނީ 95،842 ފަތުރުވެރިންނެވެ.

ދުވާލެއްގެ މައްޗަށް ރާއްޖެއަށް 5،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރަނީ ރަޝިއާއިންނެވެ. ދެވަނަ އަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކުރަނީ އިންޑިއާއިންނެވެ،. ލިސްޓުގެ ތިން ވަނައިގައި ވަނީ އިނގިރޭސި ވިލާތެވެ.

މިއަހަރުގެ އޭޕްރިލް މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ ޖުމްލަ 626،392 ފަތުރުވެރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: