ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލުނު ލޯންޗާއި މިހާރު މުއާމަލާތް ނުކުރެވޭތީ އަދި ލޮކޭޓް ނުކުރެވޭ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ކޯސްޓްގާޑްޝިޕް އެމްވީ ޣާޒީ / ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލިގެން ހޯދަމުންދާ ލޯންޗާއި މުއާމަލާތު ނުކުރެވޭތީ އަދި ލޮކޭޓް ނުކުރެވޭ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މާލެއިން ފުރައިގެން ދ މީދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވަމުން ދާ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ފ ފީއަލި 7 މޭލު ބޭރުން ރާޅެއް އަރައިގެން ލޯންޗް ދިޔަވަމުންދާ ކަމަށާއި ލޯންޗްގައި 30 ފަސިންޖަރުން ތިބިއިރު އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުނަށް ފ ފީއަލިން ދޯންޏަކާއި ފ ފިލިތެޔޮ ރިސޯޓުން ދޯންޏެއްގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް ހާބަރ ކްރާފްޓް އެސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށް މީގެ ކުރިން އެއިދާރާއިން ބުނެފައިވެއެވެ.

ދާދިފަހުން ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއް  ހިނގާފައެވެ. އެގޮތުން އެ ހާދިސާގައި ވަނީ ދޯންޏެއް އަޑިއަށް ގޮސްފައެވެ. ދޯނީގައި ތިބި ފަޅުވެރިން އެމްއެންޑީއެފުން ސަލާމަތް ކުރި ނަމަވެސް ދޯނި ވަނީ ކަނޑުއަޑިއަށް ފެތިގެންގޮސްފައެވެ.

މީގެ އިތުރުންވެސް ކަނޑުމަތީގެ ތަފާތު އެކި ހާދިސާތައް މަދުމަދުން އަންނަނީ ހިނގަމުންނެވެ.

ހުޅަނގު މޫސުމުގައި ދަތުރުފަތުރު ކުރުމުގެ ކުރިން ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް އެމްއެންޑީއެފުން އަބަދުވެސް އިލްތިމާސް ކުރެއެވެ. އެގޮތުން ލައިފް ޖެކެޓް ހަމައަށް ހުރިތޯ ބެލުމާއި އުޅަނދުގައި މުއާސަލާތީ ހިދުމަތް ފުރިހަމައަށް ގާއިމްވެފައި ހުރިކަން ކަށަވަރު ކުރުމާއި އުޅަނދާއި އެކަށީގެންވާ ބަރުމިނެއްގައި ދަތުރުކުރުމާއި މޫސުމަށް ބަލައިގެން ކަނޑުދަތުރު ފަތުރު ކުރުމަށް އަބަދުވެސް ކަމާއި ގުޅުންހުރި އިދާރާ ތަކުން އިރުޝާދު ދެމުންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: