ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ސެކިއުރިޓީ ބްރީޗްވުމުގައި ކޮމާންޑިން އޮފިސަރުގެ އިހުމާލެއް ނެތް: އެމްއެންޑީއެފް

ރައީސްގެ ސެކިއުރިޓީގެ ކޮމާންޑިން އޮފިސަރަކަށް ހުންނެވި އަބްދުﷲ އިބްރާހިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރެއްގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް އަށް މަގާމުގެ ކުރިއެރުން ދީފައިވަނީ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އިހުމާލެއް ނެތުމުން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން އާއްމުކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ މޮޓޯކޭޑު މައްސަލައާއި ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައި ފާހަގަކުރެވިފައިވާ ކަންކަން ބެލުމަށް އެ ވުޒާރާއިން އަމަލުކުރަމުން އަންނަ ޕްރޮސީޖަރ ތަކާއި އެއްގޮތަށް އެ މަގާމުގެ މަސްއޫލިއްޔާތައި ޒިންމާތަކުން އަބްދުﷲ އެކަހެރިކުރެވުނުކަން ހާމަކޮށްފައިވާނެ ކަމަށެވެ. އަދި އެއީ ސިފައިންގެ ވަޒީފާއާބެގޭ ގަވާއިދުގެ ދަށުން ސިފައިންގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑް ކުރުން، އެ މާއްދާގެ ދަށުން އަޅާފައިވާ ފިޔަވަޅެއް ނޫން ކަމަށެވެ. އަދި އެގޮތަށް ކޮމާންޑަރުން އަދާކުރަމުންދާ ޒިންމާ އާއި މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެކަހެރި ކުރަނީ އެފަދަ ކަންކަމުގައި އިންކުރައީ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި އިންސާފުވެރިކަމާއެކު ހިންގމަށް ކަމަށްވެސް އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެ މައްސަލަ ބެލި ބެލުމުން ކޮމާންޑިންގ އޮފިސަރު އަބްދުﷲ ގެ އެއްވެސް އިހުމާލެއް ފެންނަން ނެތްކަމުގައިވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހުގެ ރޭ ހުޅުމަލޭގައި އޮތް އިވެންޓެއް ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަތް ވަގުތާއި އިދިކޮޅުގެ ސިލްސިލާ މުޒާހަރާގެ ވަގުތާއި ދިމާވީނަމަވެސް އެރޭ މޮޓޯކޭޑު ދަތުރުކުރީ އިދިކޮޅު ޕާޓީ އޮފީސް ސަރަހައްދުންނެވެ. ބޮޑުތަކުރުފާނު މަގުން މޮޓޯކޭޑު ދިއުމަށް މަސައްކަތް ކުރުމުން މުޒާހަރާގެ ބައިވެރިން ރައީސްގެ ކާރުކޮޅަށް ހުރަސްއެޅުމަށް ފުރުސަތު ލިބިގެން ދިޔައީ ސެކިއުރިޓީ ފެއިލިއާއެއްގެ ސަބަބުންކަމަށް މަޖިލީހުގެ މެމްބަރުން ވެސް ފާހަގަކުރި އެވެ.

އެ މައްސަލައިގައި ސަސްޕެންޑު ކުރިއިރު އަބްދުﷲ ހުންނެވީ ކާނަލްގެ ރޭންކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: