ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިޙާއި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ނަޝީދުގެ ފެކްޝަނުން ތާއިދު ކުރޭ

ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނީ އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން” ފެކްޝަންގެ ވެސް ތާއިދާއިއެކު ކަމަށް އެ ފެކްޝަނުން ބުނެފިއެވެ.

ރައީސް ސާލިޙާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ތާއިދާއިއެކުކަން ހާމަ ކުރެއްވީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ކުރީގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.

ބަންޑާރަނައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފަހު ޕީޕީއެމް، ޕީއެންސީ، އަދި އެމްއެންޕީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުންއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން މަޖިލީހުގެ އިދާރާގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުންއިން ރައީސް ސާލިޙާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ތާއިދު ކުރައްވަންތޯ ސާފް ކުރުމަށް އަލީ އާޒިމްއާއި ސުވާލު ކުރުމުން ވިދާޅުވީ ރައީސް ސާލިޙާއި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދާނީ ފިކުރެއްގެ ދިރުމުގެ ތާއިދާއިއެކު ކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް އޭގެ އިތުރަސް އެއްވެސް ވާހަކައެއް އާޒިމް ވިދާޅެއް ނުވެއެވެ.

ރައީސް ސާލިޙާއި ޝާހިދުގެ އިތުރުން ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ފިކުރެއްގެ ދިރުންއިން ތާއިދު ކޮށްފައިވާއިރު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް ތާއިދު ނުކުރާނެކަން އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްއަށް ތާއިދުކޮށް މެނިފެސްޓޯއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: