ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ބޭރު އަށް ގައުމެއްގައި ރިޔާސީ އިންތިހާބުގެ ވޯޓްފޮށި ބަހައްޓަން ނިންމައިފި

އިސްމާއީލް ހަބީބު އީސީގެ ނައިބު ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރު 8 ގައުމެއްގައި ވޯޓްފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރާއްޖެއިން ބޭރު ގައުމު ތަކުގެ ތެރެއިން މެލޭޝިޔާ، ޔޫކޭ، އިންޑިއާ، ސްރީލަންކާ، ތައިލެންޑް، ޔޫއޭއީ ،ޖަޕާން އަދި ސިންގަޕޫރުގައި ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވޯޓް ފޮށި ބަހައްޓާ ގައުމާއި ސިޓީތަކުގެ ތެރޭގައި ހިމެނެނީ:

  1. އިންޑިއާ- ޓްރިވެންޓްރަމް، ނިއުދިއްލީ
  2. ސްރީލަންކާ – ކޮލޮމްބޯ
  3. ސިންގަޕޫރު
  4. މެލޭޝިޔާ – ކުއާލަމްއަމްޕޫރު
  5. ތައިލެންޑް – ބެންކޮކް
  6. ޖަޕާން – ޓޯކިޔޯ
  7. ޔޫއޭއީ – އަބޫދާބީ
  8. އިނގިރޭސިވިލާތް – ލަންޑަން

ހަބީބް އިތުރަށް ވިދާޅުވީ މި ސިޓީތަކުގައި ވޯޓްފޮށި ބޭރުގައުމެއްގައި ބަހައްޓާނީ މަދުވެގެން 150 މީހުން އެސިޓީތަކުގައި ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފިނަމައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލާ ފޮށީގެ އަދަދު ގިނަކޮށް ވޯޓ ފޮއްޓަށް ވޯޓްލާން ރަޖިސްޓްރީ ކުރާ މީހުންގެ އަދަދު މަދުކުރުމަށް ވަނީ ނިންމާފައެވެ.

ފާއިތުވެދިޔަ ރިޔާސީ އިންތިހާބުތަކުގައި ވޯޓު ފޮއްޓަކަށް ރަޖިސްޓްރީ ކުރަނީ 1،000 މީހުނަށް ވުރެ ކަމަށް ވިޔަސް، މި ފަހަރު ފޮއްޓަކަށް ރަޖިސްޓްރީ ކުރާ އަދަދު 800 އަށް ދަށް ކުރާން ވަނީ ނިންމައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: