ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ޖުމުލަ ހަރަދުތައް އިތުރުވެފައިވާކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައިފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރާއި އަޅާ ކިޔާއިރު، މި އަހަރުގެ ބަޖެޓު ބޭނުންކުރަމުންދާ މިންވަރާއި ރިކަރެންޓު ހަރަދުތައް އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބްތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ދަނީ ކޮންމެ ހަފްތާއެއްގެ ތަފާސް ހިސާބުތަކެއް ޝާއިއުކުރަމުންނެވެ. އެހެންނަމަވެސް މި ފަހުން މިނިސްޓްރީއިން އެ ތަފާސް ހިސާބުތައް ހިއްސާ ނުކޮށް ތިބުމަށްފަހު، ވަނީ މި ދިޔަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން ބޭނުންކޮށްފައިވާ މިންވަރުތައް ހިއްސާކޮށްފައެވެ. އެގޮތުން މޭ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ ބަޖެޓުގެ 40 އިންސައްތައަށްވުރެ އިތުރު އަދަދެއް ބޭނުންކޮށްފައިވެއެވެ. އެއީ 16.92 ބިލިއަން ރުފިޔާއެވެ.

މޭ 18 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން ސަރުކާރަށް އެކި ގޮތް ގޮތުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 12.77 ބިލިއަން ރުފިޔާއެވެ. މިހާތަނަށް ހޭދަކޮށްފައިވާ އަދަދަށްވުރެ މަދު އަދަދެކެވެ. މިހާތަނަށް ހޭދަކޮށްފައިވަނީ 16.92 ބިލިއަންކަމަށްވާއިރު، މިދިޔަ އަހަރު މިހާ ހިސާބަަށް ހޭދަކޮށްފައިވަނީ 13.4 ބިލިއަންއެވެ.

ސަރުކާރުގެ ހިންގުންތެރިކަމާއި އިދާރީ މަސައްކަތްތަކުގެ ހަރަދުވެސްވަނީ 2022 ވަނަ އަހަރުގެ މި ހިސާބާއި އަޅާ ކިޔާއިރު އިތުރުވެފައެވެ. 2022 ވަނަ އަހަރު 6.11 ބިލިއަންގެ ހަރަދެއްކޮށްފައިވާއިރު، މި އަހަރު މި އަދަދުވަނީ އިތުރުވެ، 7.38 ބިލިއަންއަށް އަރާފައެވެ.

މި އަހަރުގެ ބަޖެޓުން 16 ބިލިއަންނަށްވުރެ އިތުރު ހަރަދެއް މޭ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާއިރު، 2022 ވަނަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހު ނެރިފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެ އަހަރު ސަރުކާރުން ހަރަދުކޮށްފައިވަނީ 12.86 ބިލިއަން ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: