ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާއިން ބެލަރުސްއަށް ނިއުކްލިއާ ހަތިޔާރުތަކެއް ދީފި

ބެލަރުސްގެ ރައީސް އެލެކްސެންޑާރ ލޫކަޝެންކޯ: ފޮޓޯ/ ސްކައި ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާ އިން ބެލަރުސްއަށް ނުރައްކާތެރި ބަރު ހަތިޔާރުތަކެއް ދީފައިވާކަން ބެލަރުސްއިން ހާމަކޮށްފިއެވެ.

ރަޝިއާގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ބެލަރުސްގެ ރައީސް އެލެކްސެންޑާރ ލޫކަޝެންކޯވަނީ އެ ގައުމު އަދި ރަޝިއާ ދެމެދު އަސްކަރީ މުއާމަލާތްތަކެއް ހިނގަމުންދާކަން ފާހަގަކޮށްފައެވެ. އެގޮތުން ނިއުކްލިއާ ހަތިޔާރުތަކެއް ރަޝިއާއިން ލިބިފައިވާކަމަށާއި، މިހާރު އެ ގައުމަށް އެތަކެތި ގެންދިއުމުގެ މަސައްކަތްތައް ކުރެވެމުންދާއިރު، އެ ނިއުކްލިއާރ ހަތިޔާރުތަކަކީ، 1945 ވަނަ އަހަރު އެމެރިކާއިން ޖަޕާނުގެ ހިރޮޝިމާ އަދި ނަގަސާކީއަށް ދިން ހަމަލާގައި ބޭނުންކުރި އެޓަމް ބޮމްތަކަށްވުރެ، އެ ގައުމަށް ލިބިފައިވާ ހަތިޔާރުތައް ތިން ގުނަ ބާރުގަދަކަމަށް އޭނާވަނީ ހިއްސާކުރައްވާފައެވެ.

އޭނާ ވިދާޅުވެފައިވާގޮތުން، ނިއުކްލިއާރ ހަތިޔާރުގެ އިތުރުން ރަޝިއާއިންވަނީ އެ ގައުމަށް މިސައިލުވެސް ފޯރުކޮށްދީފައެވެ. ރަޝިއާއިން މި ހަތިޔާރުތައް ހަވާލު ކުރުމުގެ ކުރިން، ލޫކަޝެންކޯ އަދި ޕުޓިންގެ ދެމެދު ހަތިޔާރުގެ ބޭނުން ހިފާނެ ގޮތާއިމެދު ހިޔާލުތަފާތުވުންތަކެއް ހުރިކަން ވަނީ އާންމުވެފައެވެ. އެގޮތުން ހަތިޔާރުތައް ބޭނުން ކުރުމުގެ އިހުތިޔާރީ ބާރު ރަޝިއާގެ އަތުގައި ބޭއްވުމަށް ޕުޓިން ބާރު އަޅުއްވާފައިވާއިރު، ބެލަރުސްއަށް ނުރައްކާތެރިވެއްޖެ ހާލަތެއްގައި އެތަކެތީގެ ބޭނުން ހިފުމަށް ފަސް ނުޖެހޭނެކަމަށް ލޫކަޝެންކޯވަނީ ވިދާޅުވެފައެވެ.

މިއީ ސޮވިއެޓު ޔުނިއަން އުވުމަށްފަހު، ރަޝިއާއިން މިފަދަ ނިންމުމެއް ނިންމާ އެފަދަ ހަތިޔާރުތަކެއް ގައުމުން ބޭރަށް ފޮނުވާފައިވާ ފުރަތަމަ ފަހަރެވެ. އެމެރިކާ އަދި އެ ގައުމާއި އެއްކޮށް ތިބި ގައުމުތަކުންދަނީ ރަޝިއާގެ ފިޔަވަޅުތަކަށް ސަމާލުކަން ދެމުންނެވެ. އެމެރިކާގެ އިތުރުން ޗައިނާއިންވެސް ވަނީ މިހާރު ހިނގަމުންދާ ޔޫކްރެއިން ރަޝިއާ ހަނގުރާމައިގައި ނިއުކްލިއާރ ހަތިޔާރު ބޭނުންކުރުމާއި ދެކޮޅަށް ވަކާލާތުކޮށްފައެވެ.

ބެލަރުސްގެ ރައީސް ވިދާޅުވެފައިވާގޮތުން، ލިބިފައިވާ ނިއުކްލިއާރ ހަތިޔާރުތައް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ހަރުކޮށް ތައްޔާރީގެ ހާލަތުގައި ބެހެއްޓިގެންދާނެއެވެ. އަދި ދުރު ރާސްތާއަށް ދަތުރު ކުރުމުގެ ގާބިލުކަން ހުރި މިސައިލް ފޮނުވުމަށް ބޭނުންވާ ވަސީލަތްތައްވެސް ގާއިމުވެފައި ހުރިކަން އޭނާ ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: