ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރްސީގެ ވާހަކަތައް ދައްކަން މެމްބަރުން ބޭނުން ނުވާކަަމަށް ރިޔާސަތުން އެބަ ބުނޭ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ މައްސަލައިގައި މަޖިލީހުގައި ވާހަކަދެއްކެވުމަށް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ބޭނުންވެވަޑައިނުގަންނަވާކަމަށް އިޝާރާތްކުރައްވާ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތުން ދުރުކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން މަސައްކަތްކުރަމުންދިއުމާއިއެކު، މަޖިލީސް ވަނީ ހޫނުވެފައެވެ. މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވުމުގެ ސަބަބުން ހުއްޓާލަންޖެހުން ފަދަ ހާލަތްތައްވެސް މެދުވެރިވެފައިވާއިރު، މިއަދު މަޖިލީހުގެ ޖަލްސާގައިވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކުންވެސް ވަނީ ރައީސް ސާލިހު އަދި ސަރުކާރަށް ގިނަ ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ވާހަކަތައް މަޖިލީހުގައި ދެކެވެމުންދާއިރު، އެ ކަމުގެ ތެރޭގައި ޝާމިލުވެވަޑައިގަތުމަށް ގިނަ މެމްބަރުން ބޭނުންވެވަޑައިނުގަންނަވާކަމަށް މަޖިލީހުގެ ރިޔާސަތުން އިޝާރާތްކުރައްވާފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުން ވަނީ ނޭވާ ހޮޅިން ވައްކަން ކޮށްފައިކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މޫނު ނިވާކުރުވައިގެން، ގޭގެއަށް ވައްދައި ނޭވާހޮޅިން ވައްކަން ކޮށްފައިވާ ވާހަކަތައް މީގެ ދުވަސްތަކެއް ކުރިން އިވިގޮސްފައިވާކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހުގައި އިއްވާފައިވާ ރިޕޯޓުގައި، އޮކްސިޖެން ސިލިންޑަރު އަދި ރެގިއުލޭޓަރުން ވައްކަން ކޮށްފައިވާ ވާހަކަތައް ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން ރައީސް ސާލިހުގެ ސަރުކާރަކީ ވައްކަމަށް ޒީރޯ ޓޮލަރެންސްކަމަށް ވިދާޅުވެ ވެރިކަމަށް ވާސިލުވި ސަރުކާރެއްތޯ ރައްޔިތުން ސުވާލުކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ރައްޔިތުން އެމްޑީޕީގެ މި ސަރުކާރަށް ކުރި ތާއީދު ގެއްލިގެންދަނީ އިސްވެ ދެންނެވިފަދަ ސަބަބުތަކާއި ގުޅިގެންކަމަށެވެ. އަދި އިތުބާރުވެސް ގެއްލިގެންގޮސްފައިވާކަމަށާއި ރައްޔިތުން މިއަދު އެދެމުންދަނީ ވެރިކަމުގައި ހުންނެވި ފަރާތް ބަދަލުކުރުމަށްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން އެދެމުންދާ ކަންކަން ހާމަވެގެންދަނީ ރައްޔިތުންގެ އަތް މައްޗަށް ގައުމުގެ ބާރުތައް ދާ ވަގުތުގައިކަމަށެވެ. އޭނާ ވިދާޅުވީ، އެންމެ ފަހުން ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލު އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ބުނެފައިވަނީ މި ސަރުކާރުން ވައްކަން ކުރަމުންދާކަންކަމަށެވެ. ޝިޔާމް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ވައްކަން ކުރުމަށް ބާރު އަޅާކަމަށް ރައްޔިތުން ބުނެފައިވާކަމަށެވެ. އަދި ވައްކަން ކުރުމުން އެ އަމަލު ހިންގާ މީހުން ހިމާޔަތްކުރާކަމަށްވެސް ރައްޔިތުން ބުނާކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ރޭޕު ފަދަ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތައް ފުރުވާލާކަމަށްވެސް ރައްޔިތުން ބުނަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ދައްކަވަމުންދަނީ ސަރުކާރު ގާއިމު ކުރުމަށް ދައްކާފައިވާ ވާހަކަތައް ހަނދާން ނައްތާލާފައިވާ ވާހަކަތައްކަމަށެވެ. އޭނާ ވިދާޅުވީ، އެ ވާހަކަތައް ދައްކަވަމުންދަނީ ވައުދުތައް މަތިން ހަނދާން ނައްތާލުމަށްފަހު، ކެވުނު މިންވަރެއް ކެއުމަށްފަހު، ފަސް އަހަރު ހަމަ ކުރުމަށް މަސައްކަތްކުރަމުންދާ ސަރުކާރެއްގެ ގޮތުގައި ސިފަވަމުންދާތީކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުން މަގުތައް މައްޗަށް ނުކުމެ ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތްތައް ފަށައިގެން އުޅޭކަމަށް އޭނާ އަށް ގަބޫލުކުރެއްވެނީ އެފަދަ މައްސަލަތައް ފެންމަތިވަމުންދިއުމުގެ ސަބަބުންކަމަށެވެ.

އޭނާ ވިދާޅުވީ، އިއްވާލާ ރިޕޯޓުތަކުގެ ސަބަބުން، އިސްލާހާއި އިންސާފުގެ ވާހަކަތައް ދައްކައިގެން ވެރިކަން ހޯދި ސަރުކާރެއްގައި އެކަންކަމުގެ ޒައްރެއްވެސް ނެތްކަން ހާމަވެގެންދާކަމަށެވެ. ޝިޔާމް ވިދާޅުވީ، އެންމެހާ ކޮމެޓީތަކެއްގައިވެސް ޖުމުލަގޮތަކަށް ތިއްބެވީ އެމްޑީޕީގެ މުގައްރިރުންކަމަށް ވިދާޅުވެވިދާނެކަމަށެވެ. އަދ ކޮމިޓީތަކުގެ މެޖޯރިޓީ މެމްބަރުންނަކީވެސް އެމްޑީޕީކަމަށާއި އެހެންނަމަވެސް ގައުމަށް ހެޔޮ އެދިވަޑައިގަންނަވަނީ މަދު މުގައްރިރުންތަކެއްކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސްއަކީ އެފަދަ މުގައްރިރެއްކަމަށެވެ. އަދި ސަރުކާރުން ވައްކަން ކުރުމުން އެކަން ކުރަމުންދާ ވާހަކަތައް އޭނާ ކެރިވަޑައިގެން ހުނަވައި ދައްކަވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: