ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ބަޔަކާއިއެކު ސައިކޮލޮޖިކަލް ޕްރޮފައިލިންގ އާއި ގުޅޭ އެއްވެސް މަޝްވަރާއެއް ނުކުރަން: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ޔެލޯ އެލާޓް ސްޓޭޓަސް އާއްމު ހާލަތަކަށް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ގުޖުރާތުގައި ހުންނަ ގައުމީ ފޮރެންސިކް ޔުނިވާސިޓީ މެދުވެރިކޮށް އެ މުއައްސަސާގެ އެއްވެސް މުއައްޒިފެއްގެ ސައިކޮލޮޖިކަލް ޕްރޮފައިލް ނުހަދާކަމަށާއި އެހެނިހެން އެއްވެސް ބަޔަކާއިއެކުވެސް އެފަދަ މަޝްވަރާތަކެއް ކުރަމުން ނުދާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުނެފިއެވެ.

އިންޑިއާގެ ނޫހެއްގައި ޝާއިއުކޮށްފައިވާގޮތުން، ދިވެހި ސަރުކާރުންވަނީ ސަލާމަތީ ހިދުމަތްތަކުގައި ހިމެނިވަޑައިގަންނަވާ އިސް 187 އޮފިޝަލަކުގެ ތަފްސީލީ ނަފްސާނީ ޕްރޮފައިލްއެއް ހެދުމަށް އެ ކޮލެޖާއި ހަވާލުކޮށްފައެވެ. މި މަސައްކަތްތަކުގައި ޝާމިލުވާ ބައެއް ފަރާތްތަކުން ނޫހަށް މައުލޫމާތު ދީފައިވާގޮތުން، ޕްރޮފައިލް ހެދުމަށްޓަކައި ދޮގު ތެދު ބެލުމަށްޓަކައި ބޭނުންކުރާ ޕޮލިގްރާފް މެޝިނު އަދި އެފަދަ އެހެނިހެން ވަސީލަތްތައް ބޭނުންކުރެވިފައިވެއެވެ. އަދި ރާއްޖޭގެ އެފަދަ ހިދުމަތްތަކަށް އަލަށް ރެކްރޫޓުކުރާ ފަރާތްތަކުގެވެސް ޕްރޮފައިލް ހެދުމަށް ރާއްޖޭގެ ސަރުކާރުން ހުށައަޅާފައިވާކަމަށް ނޫހުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ނޫސްތަކުގައިވެސް މި ވާހަކަތައް ފާހަގަކުރެވެން ފެށުމާއިއެކު، އެމްއެންޑީއެފްއިންވަނީ ނޫހުގައި ޝާއިއުކޮށްފައިވާ ވާހަކަތަކާއި އެ މުއައްސަސާ އާއި ގުޅުމެއް ނެތްކަމަށް “ސަންގު” އަށް މައުލޫމާތު ދެއްވާފައެވެ. އެގޮތުން ހަބަރުތަކުގައި ފާހަގަކުރެވެމުންދާ ފަދަ ޕްރޮފައިލްއެއް ހެދުމުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން އެ މުއައްސަސާއިން މަޝްވަރާތަކެއް ކުރަމުން ނުދާކަމަށް ބުނެފައިވެއެވެ.

އިންޑިއާގެ އަހުމަދުއާބާދު މިރާރް އިން ޝާއިއުކޮށްފައިވާ އާޓިކަލްގައި ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ނިސްބަތްކޮށްފައިވަނީ “ސެކިއުރިޓީ އޮފިޝަލް” ގޮތުގައެވެ. އެ ނޫހުގައި އެއީ ފުލުހުން ނުވަތަ އެމްއެންޑީއެފްކަމެއް ބަޔާންކޮށްފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: