ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ ހަރަކާތް ހުއްޓުވީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްގެން: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ހިންގަމުންދާ “ސުލްހަވެރި” ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ މުއައްސަސާއިން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރާ ކަމަށް ޕީޕީއެމް ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ވީޑިއޯއެއް ހިއްސާކުރައްވާ ޝިޔާމްވަނީ ފުލުހުންގެ މުއައްސަސާގެ ބޭފުޅުންގެ އަމަލުތައް ބައްޓަންވެފައި ހުރީ ބަލައިނުގަނެވޭ ގޮތެއްގެ މައްޗަށް އިޝާރާތްކުރައްވާފައެވެ. އޭނާ ހިއްސާކުރެއްވި ވީޑިއޯގައި ފެނިގެންދާގޮތުން، ފުލުހުންގެ މުއައްސަސާއިންވަނީ ގިނަ އަދަދެއްގެ މީހުން އެއްވެ ތިބި އިރު، އެތަނުގެ ތެރެއަށް ގާތުގައި ހުރެގެން ޕެޕާރ ސްޕްރޭ ޖަހާފައެވެ.

ޝިޔާމް ވިދާޅުވީ، އިދިކޮޅުގެ ސުލްހަވެރި އިހުތިޖާޖު ހުއްޓުވުމަށްޓަކައި ފުލުހުންވަނީ، ހާލަތާއި ނުބައްދަލުގޮތަކަށް ބާރުގެ ބޭނުންކޮށްފައިކަމަށެވެ. އޭނާ ވިދާޅުވީ، ގާތުގައި ހުރެގެން ޕެޕާރ ސްޕްރޭ ޖެހިއިރު، ކަމާއި ގުޅުން ނެތް ފަރާތްތަކަށްވެސް އެކަމުގެ އަަސަރުކުރިކަމަށެވެ. އޭނާ ވިދާޅުވީ، އެ ސަރަހައްދުން ހިނގާފައި ދިޔަ ދުވަސްވީ ބޭފުޅުނާއި މަންޒަރު ގެނެސްދެމުންދިޔަ ނޫސްވެރިންނަށްވެސް ޕެޕާރް ސްޕްރޭގެ އަސަރުކުރިކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ބޭފުޅުންގެ ލޮލަށް އަނިޔާތަކެއް ލިބިފައިވާކަމަށް ބުނެފައިވެއެވެ.

އޭނާ ވިދާޅުވީ، ފުލުހުންނަށް ބާރުގެ ބޭނުންކުރެވޭނީ، ކޮންމެހެންވެސް ބޭނުންކުރަންޖެހިއްޖެ ހާލަތެއްގައިކަމަށެވެ. އެހެންނަމަވެސް އިދިކޮޅުން ކުރިއަށް ގެންދިޔައީ ސުލްހަވެރި ހަރަކާތެއްކަމަށް ފާހަގަކޮށް އޭނާ ވިދާޅުވީ، މަޖިލީހުގެ މެމްބަރު ހުސައިން މުހައްމަދު ލަތީފްގެވެސް ލޮލަށް ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ސިޔާސީ ބޭފުޅުން ދެމުންދާ ގާނޫނާއި ހިލާފު އަމުރުތަކަށް ފުލުހުން ތަބާވެގެން ނުވާނެކަމަށެވެ. އޭނާ ވިދާޅުވީ، ފުލުހުންވީ ގާނޫނުގެ މަތީ ތިއްބަވައިގެން ރާއްޖޭގެ ހަމަޖެހުން ދެމެހެއްޓުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: