ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެ އުޅުމުގެ ހައްގު ހަނިވެގެންދާ ގޮތަށް ހުރި މާއްދާތައް އުވާލަން ޖެހޭ: ޓްރާންސްޕެރެންސީ

އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ މިނިވަންކަމާއިއެކު އެއްވެ އުޅުމުގެ ހައްގަށް އުނިކަމެއް އަންނަގޮތަށް ހުރިކަންކަން އިސްލާހުކުރުމަށް ޓްރާސްޕެރެންސީ މޯލްޑިވްސްއިން ސަރުކާރަށް ގޮވާލައިފިއެވެ.

އިދިކޮޅުގެ ސުލްހަވެރި އިހުތިޖާޖެއް ހުއްޓުވުމުގައި ފުލުހުންގެ މުއައްސަސާއިން ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށްފައިވާކަމަށް ބުނެ އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވަމުންދާއިރު، ތްރާންސްޕެރެންސީއިން ކުރި ޓްވީޓެއްގައި އެ ޖަމިއްޔާއިންވަނީ ދިވެހިރާއްޖޭގައި ބައިނަލްއަގުވާމީ ވިސްނުމާއި ހިލާފު ކަންކަން ފާހަގަކުރެވެމުންދާކަމަށް އިޝާރާތްކޮށްފައެވެ.

ޓްރާންސްޕެރެންސީއިންވަނީ ރައީސް އޮފީސް އަދި މަޖިލީސް ޓެގުކޮށް، ދިވެހިރާއްޖޭގެ ގާނޫނު، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާއި އެއްގޮތްވާގޮތުގެ މައްޗަށް އިސްލާހު ކުރެއްވުމަށް ތަކުރާރުކޮށް ގޮވާލާކަމަށް ވިދާޅުވެފައެވެ. އަދި އެ ދެ މުއައްސަސާއިން ގުޅިގެން އެ މަސައްކަތްތައް ކުރުމަށްވެސް ގޮވާލާފައިވެއެވެ. ޓްރާންސްޕެރެންސީއިންވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ހިލާފުވާފަދަ ބައެއް މާއްދާތައް ހުރިކަމަށް ފާހަގަކޮށް އެ މާއްދާތައް އުވާލުމަށްވެސް އެދިފައެވެ. އެ ޖަމިއްޔާއިން ބުނެފައިވާގޮތުން، ދިވެހި ރައްޔިތުންގެ އެއްވެ އުޅުމުގެ ހައްގަށް އުނިކަމެއް އަންނަ ފަދަ ގާނޫނީ މާއްދާތައް ހުރިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: