ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތެއް ލިބޭ މާހައުލެއް ނެތް: ޓްރާންސްޕޭރެންސީ

ސަންގު ބަހުސްގައި 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތެއް ލިބޭ މާހައުލެއް ނެތްކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން  ބުނެފައިވެއެވެ.

އިއްޔަ އޮތް ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި، އިންސާފުވެރިކަމާއި ގުޅޭ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހަދާފައިވާ ދިރާސާ ރިޕޯޓުގައިއަސާސީ ހައްގުތައް ޔަގީންކުރުމާއި ގުޅޭ ގޮތުން ބުނެފައިވަނީ، އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅުމާއި، ހާއްސަކޮށް އިދިކޮޅު ސިޔާސީ މުޒާހަރާތަށް ބާއްވާ ސަރަހައްދުތަކުގައި ފުލުހުން ގިނަ އަދަދަކަށް ތިބިކަމަަށެވެ. އަދި ވަކިން ހާއްސަކޮށް ރައީސްގެ ކެމްޕެއިން ކުރިއަށްގެންދާ ރަށްރަށުގައި އިދިކޮޅު މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށް ބަންދުކުރުމާ މެދު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މީގެ އިތުރުން ދައުލަތުގެ މުދަލާއި ވަސީލަތްތަށް ނަހަމަގޮތުގައި ބޭނުންކުރުމާއި ގުޅޭ ގޮތުން މި ރިޕޯޓުގައި ވަނީ އިންތިހާބާ ދިމާކޮށް، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ގުޅޭ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރަސްމީ މަސްއޫލިއްޔަތުތަކާއި ކެމްޕެއިން ހަރަކާތްތަާއް ވަކިކުރެވޭނެގޮތެއް ރަނގަޅަށް ބަޔާންކޮށްފައިނުވާތީ ދައުލަތުގެ ވަސީލަތްތަކުގެ ބޭނުންކޮށްގެން އެހެން ކެންޑިޑޭޓުންނަށް ކެމްޕެއިން ނުކުރެވޭ ގޮތަށް އެއިރަކު އޮންނަ ސަރުކާރަކަށް ކެންޕޭނުކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނަކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ބުނެފައިވަނީ ދެމެހެއްޓެނިވި ތަރައްގީގެ ސްޓްރެޓެޖީއަކާ، އަދި ދިގު މުއްދަތުގެ ގައުމީ ތަރައްގީގެ ޕްލޭންތަކާއި ނުގުޅޭ ގޮތަށް، ކެމްޕެއިން ގެ މުއްދަތުގައި ތަރައްގީގެ މަޝްރޫއުތަކާއި އިޖުތިމާއީ އަދި އިގްތިސާދީ މަޝްރޫއު ތަކުގެ ސްކޯޕާއި ސްކޭލްވަނީ ބަދަލުކޮށްފައިވާކަމަށެވެ. މި ހުރިހާ ކަމަކުންވެސް ދައްކުވައިދެނީ ތާއީދު ހޯދުމާއި ކެމްޕެއިން ކުރުމަށް އެހެން ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތެއް ލިބޭ މާހައުލެއް ނެތްކަންކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައިވެއެވެ.

މީގެ އިތުރުން، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރެފައިވާ 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޕްރީ އިލެކްޝަން އެސެސްމަންޓުން ވެސް ފާހަގަކޮށްފައިވާ ފަދައިން، ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) މެދުވެރިކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ވަރަށް ބޮޑަށް ފާހަގަކުރެވޭ މައްސަލައްކަމަށެވެ. ކުރިމަގަށް ބަލާއިރު، މިހާރު ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ހިންގަމުންދާގޮތުން “ކްލައިންޓަލިޒަމް” ކަހަލަ ނިޒާމެއް ގާއިމްވެގެންދިއުމުގެ ފުރުސަތު އެބައޮކަމަށްވެސް ބުނެފައިވެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނި ގޮތުގައި މީގެ ތެރޭގައި ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި އިންފްރާސްޓްރަކްޗާ ބިނާކުރުމާއި އެސްއޯއީތަކަށް މަޝްރޫއުތައް ހަވާލުކުރުން ހިމެނެއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންްއިން އައިޑީކާޑު ލިބުމުގައި ލަސްތަކެއް ކުރިމަތިވެފައިވާކަމުގެ ޝަކުވާ އިންތިހާބުގެ ކުރިން މަދުންނަމަވެސް އެ ޖަމިއްޔާއަށް ވަނީ ލިބިފައިވާކަން ފާހަގަކޮށްފައިވެއެވެ. މިގޮތަށް ޝަކުވާކޮށްފައިވާ ފަރާތްތަކުންވަނީ ވޯޓުލާ ދުވަހުގެ ކުރިން ވަގުތު އޮއްވައި އައިޑީކާޑު ހެއްދުމަށް އެދި ހުށަހަޅައިފައިކަމަށާއި، މިކަމާއި ގުޅޭގޮތުން ލިބިފައިވަނީ ވަރަށް މަދު ޝަކުވާއެއްކަމުން މިއީ ވޯޓުލާ ޖުމުލަ އާބާދީގެ ވަރަށް ކުޑަ އިންސައްތައެއް ނަމަވެސް، މިކަމުގެ ސަބަބުން ވޯޓުލާ ބައެއްގެ ވޯޓުލުމުގެ ހައްގުވަނީ ގެއްލިފައިކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުންޏެވެ.

އެހެންކަމުން، ކާކުކަން އަންގައިދޭ ރަސްމީ ލިޔުން އާކުރުމުގެ މަރުހަލާ ލަސްވުމުގެ ސަބަބުން ވޯޓުލުމުގެ ހައްގަށް އަސަރުކޮށް، ވޯޓުލުމުގެ ފުރުސަތު އެއްވެސް މީހަކަށް ގެއްލިގެންދިޔަނުދިނުމަށްޓަކައި އައިޑީކާޑު ތައްޔާރުކޮށް ހަވާލުކުރުމުގެ މަސައްކަތް ލަސްނުވާނެކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއަށް އެ ޖަމިއްޔާގެ ފަރާތުން ގޮވާލާފައިވެއެވެ.

އެންމެ ފަހު ކަމެއްގެ ގޮތުން، އިންތިހާބީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ދިވެހިރާއްޖޭގައި މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ބަޔާންކޮށްފައިވާ ނަމަވެސް، މި ނިޒާމު އިތުރަށް ވަރުގަދަ ކުރުމަށާއި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްހަމަ ކުރުމުގެ ގޮތުން ގެންނަންޖެހޭ އަވަސް ބަދަލުތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން:

  • ކެންޕޭނަށް ހަރަދުކުުރުމުގައި ހުރި ގާނޫނީ ހުސްކަމާއި، ކެންޕޭނަށް ފައިސާ ހޯދުމުގެ މަރުހަލާތަކުގެ ދެފުށް ފެންނަކަން ކަށަވަރުކުރުމަށް ގާނޫނާށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  • އިންތިހާބުގެ ކުރިން ތަރައްގީގެ އާ ޕްރޮޖެކްޓުތައް އިއުލާނުކުރުމާއި، ނިމިފައިވާ ޕްރޮޖެކްޓުތައް އިފްތިތާހުކުރުމާއި، ވަޒީފާގެ އާ ފުރުސަތުތަކަށް ހުޅުވާލުމާއި، އަދި މުހިންމު ސިޔާސަތުތަކަށް ބަދަލުތައް ގެނައުމަށް ވަކި މުއްދަތެއް ކަނޑައެޅުން.
  • މުހިންމު އިންތިހާބީ މައްސަލަތައް ދެނެގަތުމާއި އެ މައްސަލަތަކަށް ހައްލު ހޯދުމަށް، އިންތިހާބީ މައްސަލަތަކުގައި ޑިސްޕިއުޓް ރިޒޮލިއުޝަންއަށް އެކަށީގެންވާ ގަވާއިދުތަކާއި މަރުހަލާތައް ކަނޑައެޅުން.

މި ބަދަލުތަކަކީ އިންތިހާބީ ދުވަސްވަރެއްގައި ވަގުތުން ގެނެވޭނެ ބަދަލުތަކެއް ނޫން ނަމަވެސް، މި ބަދަލުތައް އަވަސްކުރުމަށް އަހައްމިޔަތުކަމެއް ދިނުމަށް ހުރިހާ ކަމާގުޅޭ ފަރާތްތަަކަށް އެ ޖަމިއްޔާއިން ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: