ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއްޔެ ލީ ވޯޓުގެ ސިއްރުކަމެއް ނެތް، ފާހަގަޖަހާ މަންޒަރު ފެނުމުގެ ފުރުސަތު އޮތް: ޓްރާންސްޕޭރެންސީ

ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން. ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ވޯޓުގެ ސިއްރުކަމެއް ނެތްކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

އިއްޔަ ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުގެ ސިއްރުކަމާއި ގުޅޭ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވިސްއިން ނެރެފައިވާ ބަޔާނުގައި ވަނީ ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ފަރާތުން ގައުމީ ލަފާދޭ ކޮމިޓީގައި އެދުނު އެދުމުގެ މަތިން، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުގައި ވޯޓު ކަރުދާހުގައި ފާހަގަޖަހާ ބޫތު ހުންނަގޮތް ސެޕްޓެންބަރު 5 ވަނަ ދުވަހު ވަނީ ބަދަލުކޮށްފައިކަމަށެވެ.

އެގޮތުން މި އިންތިހާބުގައި ވޯޓުލާ ބޫތު ބަހައްޓާފައިވަނީ، ވޯޓުލާ މީހާ ކަރުދާހުގައި ފާހަގަ ޖަހަން ހުންނައިރު ވޯޓުލާ މީހާގެ ފަހަތް ފެންނަ ގޮތަށްކަމަށް ބުނެފައިވެއެވެ. އަދި މިހެން ހެދުމުގެ ބޭނުމަކީ ވޯޓުލާ މީހާ ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމާއި އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައިވާ ކަރުދާސް ނޫން ކަރުދާހެއް ބޭނުންކުރުން ފަދަ ކަންކަމަށް ހުރަސްއެޅުމަށްކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވިސްއިން ބުންޏެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައި އިލެކްޝަންސް ކޮމިޝަނާ ހަވާލާދީ ވޯޓުލާ މަރުކަޒުތަކުގައި ގެންގުޅޭ އުސޫލުތަކަކާއި ގުޅިގެން ފާހަގަކޮށްފައިވާ ބައެއް ކަންތައްތައް:

  • ވޯޓު ކަރުދާހުގައި ފާހަގަޖަހާ ބޫތުގައި ވޯޓުލާ މީހެއް ހުންނައިރު އެ ބޫތާ 10 ފޫޓަށްވުރެ ކައިރިވުމަކީ މޮނިޓަރުންނާއި، އޮބްޒާވަރުންނާއި، އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް މަނާކަމެކެވެ.
  • ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް ވޯޓު ކަރުދާހުގައި ފާހަގަޖަހާ ބޫތުގެ ފޮޓޯ ނުވަތަ ވީޑިއޯ ނެގުމަކީ އެއްވެސް ހާލަތެއްގައި މޮނިޓަރުންނަށް ހުއްދަކަމެއް ނޫނެވެ.
  • ފުރަތަމަ އަދި ދެވަނަ ޕޮއިންޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ހިލާފުވާ މީހުން ވޯޓުލާ މަރުކަޒުން ބޭރުކުރުމުގެ ހައްގު ވޯޓުލާ މަރުކަޒާ ހަވާލުވެ ހުންނަ އެންމެ އިސްފަރާތަށް ލިބިގެންވެއެވެ.

އެހެންނަމަވެސް، ޓީއެމްގެ އޮބްޒާވަރުން ފާހަގަކޮށްފައިވާ ގޮތުގައި މި އުސޫލުތައް ހުރިހާ ވޯޓުލާ މަރުކަޒެއްގައި އެއް ހަމައެއްގެ މަތިން ގާއިމުކުރެވިފައި ނުވާކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވިސްއިން ބުނިއެވެ. އަދި މިކަމުގެ ސަބަބުން ވޯޓުލާ މީހުންގެ ވޯޓުގެ ސިއްރުކަމަށް އަސަރުކުރާފަދަ ކަންކަން މެދުވެރިވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

ހުރިހާ ވޯޓުލާ މަރުކަޒެއްގެ ލޭއައުޓް އެއްގޮތަކަށް ހުރިނަމަވެސް، އެކި މަރުކަޒުތަކުގެ ކުޑަބޮޑުމިން ތަފާތުވުމުގެ ސަބަބުން ބައެއް މަރުކަޒުތަކުގައި ތިބޭ މީހުން ތިބެން ޖެހުނީ އެހެން މަރުކަޒުތަކާ އަޅާބަލާއިރު ކައިރީގައިކަމަށް ވުމުން އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން އަދި ވޯޓުލާ މީހުންނަށް ވޯޓު ކަރުދާހުގައި ވޯޓުލާ މީހާ ފާހަގަޖަހާއިރު އެ ފާހަގަޖަހާ މަންޒަރު ފެނުމުގެ ފުރުސަތު އޮތްކަމަށްވެސް ޓްރާންސްޕޭރެންސީ މޯލްޑިވިސްއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: