ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމުމުން، ޓްރާންސްޕޭރެންސީގެ ފާޑުކިޔުން!

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން/ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީނަށް ތުހުމަތުތަކެއް ވެސް ކުރެވުނު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވުމާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓްރާންސްޕޭރެންސީއިން ބުނެފައިވާގޮތުން، އެކްސެކިއުޓާރސް ޓްރޭޑިންގް މެދުވެރިކޮށް، ސިންގަލްސޯސް ޕްރޮކިއުމެންޓު އުސޫލުން ގަތުމަށް ނިންމާފައިވާ ބްރޭންޑުގެ ވެންޓިލޭޓަރު ނޫން އެހެން ބްރޭންޑެއް ފޯރުކޮށްދިނުމަށް އެއްބަސްވެ، ޕާފޯމެންސް އެންޑް އެޑްވާންސް ޕޭމަންޓް ގެރެންޓީއަކާއި ނުލައި، އެއްބަސްވުމުގެ ޖުމުލަ ފައިސާގެ 90 އިންސައްތަ ދައްކާފައިވުމަކީ، ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ހިންގާފައިވާ އަމަލެއްކަމަށް ބެލެވޭކަމަށެވެ.

ޓްރާންސްޕޭރެންސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ރައްޔިތުންގެ ފައިސާއިން 30 މިލިއަންވުރެ ބޮޑު އަދަދެއް ހަރަދުކޮށް، ދައުލަތުން އެކްސެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް މެދުވެރިކޮށް ގަނެފައިވާ 75 ވެންޓިލޭޓަރަށް ވެފައިވާ ގޮތް ސާފުވެފައިނުވާއިރު، އަދި އެ ކަމުގައި ޖަވާބުދާރީ ވާންޖެހޭ މީހުން ހޯދިފައިނުވާއިރު، ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް، ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުން އަނބުރާ ފޮނުވާލާފައިވުމާއި، އޭސީސީއިން އެ މައްސަލަ ފައިލްކޮށްފައިވުމާއިމެދު ޓްރާންސްޕޭރެންސީއިން ކަންބޮޑުވާކަމަށެވެ.

ޓްރާންސްޕޭރެންސީއިން ބުނެފައިވާގޮތުން، މައްސަލައަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއިއެކު، 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުން ތިން ފަހަރެއްގެ މަތިން އަނބުރާ ފޮނުވާލުމާއި، ހަތަރުވަނަ ފަހަރަށް ފޮނުވުމުން 8 މީހެއްގެ މައްސަލަ ދައުވާ ނުކޮށް އަނބުރާ ފޮނުވާލުމާއި، އޭސީސީއިން އެ މައްސަލަ ފައިލް ކުރުމުން މައްސަލަ ބަލާ ފިޔަވަޅު އެޅުމުގެ ސިޔާސީ ނިޔަތާއި، ތަހުގީގުގެ ފެންވަރާއިމެދު ސުވާލު އުފެދޭކަމަށެވެ.

މައްސަލައިގެ ހާމަކަން ކުޑަވުމުގެ ސަބަބުން، ވަކި މީހެއްގެ މައްޗަށް އަދުލު އިންސާފުގެ ބާރު ނުފޯރުވުމާއި މަގާމުތަކުގައި ތިބި ބާރުގަދަ މީހުން ކުށުން ބަރީއަވެގަނެވެނީތޯ ސުވާލު އުފެދި، ހިންގުމުގެ ނިޒާމަށް، އާންމުންގެ ތެރޭގައި އޮންނަންޖެހޭ އިތުބާރަށް އަސަރު ކުރަމުންދާކަމަށްވެސް ޓްރާންސްޕޭރެންސީއިން ބުނެފައިވެއެވެ.

މީގެ އިތުރުން ޓްރާންސްޕޭރެންސީއިންވަނީ، ވެންޓިލޭޓަރުގެ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ޖަވާބުދާރީ ކުރުވައި، ރައްޔިތުންގެ ފައިސާތައް އަނބުރާ ހޯދުމަށް ގޮވާލާފައެވެ. އަދި މުއައްސަސާތަކުން މި މައްސަލައިގައި ނަޒާހާތްތެރިކަމާއި އެކު މަސައްކަތް ކުރުމަށް ގޮވާލާކަމަށްވެސް ޓްރާންސްޕޭރެންސީއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: