ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީތައް އެކުލަވާލަން ކުރި މަޝްވަރާތަކުން އެނގުނީ އެމްޑީޕީ އަދި އަސްލަމްގެވެސް ހުދުމުހުތާރުކަން: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަށް އެކުލަވާލުމައްޓަކައި އެމްޑީޕީ އާއިއެކު ކުރެވުނު މަޝްވަރާތަކުން އެނގިގެންދިޔައީ މެޖޯރިޓީ ޕާޓީ އަދި ވަކިން ހާއްސަކޮށް މެޖޯރިޓީ ލީޑަރުގެ ހުދުމުހުތާރުކަންކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ،

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، މާލިއްޔަތު ކޮމިޓީ އެކުލަވާލަން ބަލާއިރު، އެ ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި އިންނަވަންޖެހެނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން މެނޭޖަރުކަމަށެވެ. އޭނާ ވިދާޅުވީ، މާލިއްޔަތު ކޮމިޓީގެ މުގައްރިރެއްގެ މަގާމަށް ގެނައުމަށް އެމްޑީޕީއިން މަސައްކަތްކުރަނީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ކެމްޕެއިން މެނޭޖަރުކަމަށެވެ.

ޝިޔާމް ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަން މުއައްސަސާތައް ބަލަހައްޓާ ކޮމިޓީގެ މުގަރިރެއްގެ ގޮތުގައި އިންނަވަންޖެހެނީ އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓު ލޭޑީ ފަޒްނާކަމަށެވެ. އެހެންނަމަވެސް މިއީ ޑިމޮކްރެސީއެއްކަމަށް ބުނާކަމަށް ސިޔާމް އިޝާރާތްކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީއިން އެއްވެސް ވަރަކަށް ދޫދިނުމަށް ގަސްތު ނުކުރާކަމަށެވެ. އަދި މައިނޯރިޓީއަށް ލިބޭ ކޮމިޓީތަކުގެ ސްލޮޓުތައްވެސް ދިނުމުގެ ވިސްނުން ނުގެންގުޅޭކަމަށް އޭނާ ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ، އިދިކޮޅުން އެއްބާރުލުން ދޭނީ މަޖިލީހުގެ ގަވައިދުތަކާއި އެއްގޮތަށް އަމަލުކުރުމުގެ ވިސްނުމާއިއެކު މަސައްކަތްތައް ކުރިއަށް ގެންދާކަމަށް ވާނަމަ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، މަޖިލިސް ޑެޑްލޮކެއްގައި ބޭއްވުމުގައި ސަރުކާރުގެ މަގުސަދެއް ވާކަމަށެވެ. އޭނާ ވިދާޅުވީ، ކުރަމުންދާ ކަމަކީ މަޖިލިސް ތަޅު އަޅުވައިގެންތިބެ މިނިވަންމުއައްސަސާތަކަށް ނުފޫޒު ފޯރުވުންކަމަށެވެ. އޭނާ ވިދާޅުވީ، އޭގެ އިތުރުން ޖޭއެސްސީ މެދުވެރިކޮށް ކޯޓުތަކަށްވެސް ނުފޫޒު ފޯރުވަމުންދާކަމަށާއި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތަށް ނުފޫޒު ފޯރުވަމުންދާކަމަށްވެސް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ ބައްލަވަމުންދާ ފަނޑިޔާރުންނަށް ޗުއްޓީއަށް ވަޑައިގަތުން މަޖުބޫރުކަމަށް ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، ހައި ކޯޓުގެ ގާޒީއަކަށް ޖުލައި މަހުގެ 16 ވަނަ ދުވަހު ޗުއްޓީ ނެގުން މަޖުބޫރުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ ނުނިންމުމަށް އަންގާފައިވާކަމަށެވެ. އަދި ޖޭއެސްސީ އިން ކަންކަންކުރައްވަމުންދަނީ “ކުޑަކަކޫ” ޖައްސުވައިގެންކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: