ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން އިންޑިއާގެ ނެޝަނަލް ކެޑޭޓުކޯރ އަށް ޔޫތު އެކްސްޗޭންޖު ޕްރޮގްރާމްއެއް ހުށައަޅާފައިވާކަމަށް ރިޕޯޓުކޮށްފި

ސިފައިންގެ ތަމްރީނެއްގެ ތެރެއިން/ ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރުން ކެޑޭޓުންނަށް ހާއްސަ ޔޫތު އެކްޗޭންޖު ޕްރޮގްރާމްއެއް ހުށައަޅާފައިވާކަމަށް އިންޑިއާގެ އަސްކަރިއްޔާއިން އެ ގައުމުގެ މީޑިއާއަތަކާއި ހިއްސާކޮށްފިއެވެ.

އިންޑިއާގެ ނޫހެއްގައި ޝާއިއުކޮށްފައިވާގޮތުން، އިންޑީއާގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ކޮމާންޑަންޓު ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދުވަނީ އިންޑިއާއިން ބައެއް ވަސީލަތްތައް(އެކުއިޕްމެންޓް) ހޯދުމަށް އެދިފައިވާކަން ހާމަކޮށްފައެވެ. އެގޮތުން، ރާއްޖެއަކީ ވަސީލަތްތައް މަދު ގައުމެއްކަމަށްވުމުން، އިންޑީއާގެ އެންސީސީގެ އެހީއަށް އެދިފައިވާކަމަށް އޭނާ ވިދާޅުވިކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ނޫހުގައި ޝާއިއުކޮށްފައިވާގޮތުން، ވައިސްވަނީ އެ ހުށައެޅުންތައް އިންޑީއާއަށް ފޮނުވާނެކަމަށް ވިދާޅުވެފައެވެ. މި މަޝްވަރާތައް ކުރެވިފައިވަނީ އިންޑިއާގެ އިސް އަސްކަރީ އޮފިޝަލަކާއިއެކު އެ ގައުނުގެ ދިއްލީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައެވެ. އަދި ބައްދަލުވުމަށްފަހު، ރާއްޖޭގެ ސަރަހައްދުގައި ދިމާވާ ކާރިޔާސަތުގައި އިންޑިއާގެ އަސްކަރިއްޔާއާއިއެކު މަސައްކަތްތައް ކުރުމާއި ގުޅޭގޮތުން އޭނާވަނީ މީޑިއާތަކަށް މައުލޫމާތު ހިއްސާކޮށްފައިކަމަށް ބުނެފައިވެއެވެ.

އެ ނޫހުގައިވާގޮތުން، ވައިސްވަނީ ރާއްޖޭގެ އަސްކަރީ ތަމްރީނުތަކަށްވެސް އިންޑިއާގެ އެންސީސީއިން ގެންގުޅެމުންދާ ފަދަ ވަސީލަތްތައް ބޭނުންތެރިކަމަށް ސިފަކުރައްވާފައެވެ. އަދި އިންޑިއާގެ އެންސީސީއަށް ފޯރުކޮށްދެވެން ހުރި ވަސީލަތްތައް ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާކަމަށްވެސް އޭނާ ވިދާޅުވެފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

އިންޑިއާގެ އަސްކަރިއްޔާގެ ފަރާތުންވެސް ވަނީ ބައެއް މައުލޫމާތުތައް ހިއްސާކޮށްފައެވެ. އެގޮތުން ޔޫތު އެކްސްޗޭންޗު ޕްރޮގްރާމްއެއްގައި ރާއްޖެ އަދި އެ ގައުމުގެ ކެޑޭޓުން ބައިވެރިވުމާއިމެދު ރާއްޖެއިންވަނީ ހުށައެޅުންތަކެއް ހުށައަޅާފައިކަމަށް ބުނެފައިވެއެވެ.

މި ވާހަކަތައް ޝާއިއުކޮށްފައިވަނީ އިންޑިއާގެ “ދަ ޕްރިންޓް” ނޫހުގައެވެ. އެ ނޫހުން ހަވާލާ ދީފައިވަނީ އިންޑިއާގެ ނޭވީގެ މީޑިއާއިން ހިއްސާކުރާ މައުލޫމާތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: