ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން އިދިކޮޅުގެ އެކްޓިވިސްޓަކަށް އަނިޔާކުރިކަމުގެ ތުހުމަތު

ހައްޔަރު ކުރެވިފައިވާ އިދިކޮޅުގެ ޒުވާން އެކްޓިވިސްޓު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އޮފީސް ކައިރިން ފުލުހުން ހައްޔަރު ކުރި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރަކަށް ސިއްހީ ގެއްލުންތަކެއް ލިބިފައިވާކަމަށް ފާހަގަކޮށް އެ ކޯލިޝަންގެ ލީޑާރޝިޕުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅުގެ މެމްބަރެއް ފުލުހުންގެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ކޯލިޝަނުންގެ ލީޑާރޝިޕުން ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތްތަކަށް ފުލުހުންގެ މުއައްސަސާއިން ހުރަސްއެޅުމުގެ ސަބަބުން، ހިނގައިދިޔަ ހަމަނުޖެހުންތަކެއް ކޮންޓްރޯލް ކުރުމަށް އެ މުއައްސަސާއިން ކުރި މަސައްކަތްތަކުގެ ތެރެއިންނެވެ. އިދިކޮޅުގެ ޒުވާން އެކްޓިވިސްޓުވަނީ ފުލުހުންގެ ވެހިލަކަށް އެރުވުމުން، މިނިވަންވުމަށް މަސައްކަތްތަކެއްކޮށްފައެވެ.

އެހެންނަމަވެސް ފުލުހުންވަނީ އޭނާ ހައްޔަރުކޮށްފައެވެ. އަލުން ހައްޔަރު ކުރުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން އޭނާގެ އަތަށް ގެއްލުންތަކެއް ލިބުނުކަމަށް އެ ވަގުތު އެތަނުގައި ތިއްބެވި އިދިކޮޅުގެ ސަޕޯޓަރުންވެސް ގޮވަމުންދިޔަކަން ފާހަގަކުރެވެއެވެ.

އިދިކޮޅުގެ އިސް ފަރާތެއްކަމަށްވާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ފާހަގަކޮށްފައިވާގޮތުން ހައްޔަކުރެވިފައިވާ އެކްޓިވިސްޓުގެ ސިއްހީ ހާލަތާއިމެދު ކަންބޮޑުވެވަޑައިގަންނަވައެވެ. އަދި ހައްޔަރު ކުރުމަށްފަހު ފުލުހުންގެ މުއައްސަސާއިން އޭނާގެ އަތަށް ލިބިފައިވާ ގެއްލުމެއް ދެނެގަތުމަށް ޗެކަޕެއް ހެދުމުގެ ފުރުސަތު ފަހިކޮށްދީފައިނުވާކަމަށް އެކްޓިވިސްޓާއި ހަވާލުވެ ހުންނެވި ވަކީލު ވިދާޅުވެފައިވާކަމަށާއި އޭނާގެ އާއިލާއިންވެސް ސިއްހީ ހާލަތާއިމެދު ކަންބޮޑުވާކަމަށް ބުނެފައިވެއެވެ.

ސައީދު ވިދާޅުވީ، އިދިކޮޅުގެ ޒުވާން އެކްޓިވިސްޓާއިމެދު ފުލުހުންގެ މުއައްސަސާއިން އަމަލުކޮށްފައިވާގޮތް އެންމެހާ ފަރާތްތަކަށްވެސް ފެނިގޮސްފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން ސުލްހަވެރި އިހުތިޖާޖެއްގެ ބައިވެރިން ހުއްޓުވުމަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުުންކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

ކުރީގެ ވަޒީރުކަން ކުރައްވާފައިވާ ބައެއް ފަރާތްތަކުންވެސް ވަނީ މި މައްސަލައިގައި ކަންބޮޑުވުންތައް ހުރިކަން ހިއްސާކުރައްވާފައެވެ. އެގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރެއްވި ޑރ އަހުމަދު ޝަހީދުވެސް ވަނީ މި މައްސަލައަށް އަލިއަޅުއްވައި ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، އަމުރަށް ނުކިޔަމަންތެރިވެ ހައްޔަރަށް އިންކާރު ކުރިނަމަވެސް، ފުލުހުންގެ ބާރުގެ ދަށަށް ގެންދާ ފަރާތެއްގެ އަތް ގަސްތުގައި ބިންދާލުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އިދިކޮޅުގެ އެކްޓިވިސްޓު ފުލުހުންގެ މުއައްސަސާގެ މައްޗަށް ދައުވާ ކުރަންޖެހޭކަމަށެވެ.

އޭނާ ވަނީ މި މައްސަލައިގައި ރައީސް ސާލިހަށްވެސް ފާޑުވިދާޅުވެފައެވެ. ޑރ ޝަހީދު ވިދާޅުވީ، ރައީސް ސާލިހު ދައުރު ފެއްޓެވީ ކަންކަން އިސްލާހު ކުރައްވަން ވައުދުވެވަޑައިގެންކަމަށެވެ. އޭނާ ވިދާޅުވީ، ގައުމުގެ ކަންކަން ފަހަތަށް ދާ ދިއުން ހުއްޓުމަކަށް ގެންނަންޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: