ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ އަސާސީ ހައްގު ހަނިކުރެވިފައިވާތީ އެމްނެސްޓީ އިންޓަރނެޝަނަލްގެ ކަންބޮޑުވުން!

"އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން: ފޮޓޯ/ ޓީއާރްޓީވޯލްޑް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ސަރުކާރުން، ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްތަކެއް އަޅަމުންދާކަމަށް ފާހަގަކުރެވިފައިވާތީ ކަންބޮޑުވާކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލް އަޤްވާމީ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

މިއަދު އެމްނެސްޓީ އިންޓަރނެޝަނަލްގެ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް ބުނެފައިވާގޮތުން، ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ސުލްހަވެރި މުޒާހަރާތަކެއް ހިންގަމުންދާ ފަރާތްތަކަކަށް ހުރަސް އެޅިފައިވާކަން ފާހަގަކުރެވިފައިވާތީއާއި ނޫސްވެރިންގެ ހައްގުތަކަށް އަރައިގަނެވިގެންދާކަމަށް އެ ޖަމީއާއަށް ފާހަގަކުރެވިފައިވާތީ އެކަމާ ކަންބޮޑުވާކަމަށެވެ. އަދި އިންޑިއާއާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުގެ ސަބަބުން ގައުމީ ސަލާމަަތަށް ނުރަށްކާވާކަމަށް ބުނެ އެފަރާތްތަކުގެ ހިޔާލުތައް ފާޅުނުކުރެވޭނެ ފަދައިން ގަރާރެއް ނެރިފައިވާތީވެސް ކަންބޮޑުވާކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.

“އިންޑިއާ އައުޓް” ޝިޔާރު ލިޔެފައިވާ ދިދައެއް ހިފައިގެން ހުރި އަންހެނަކު ފަހަތުން ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތަކައް ނިސްބަތްވާ ބޭފުޅަކު ދުވެފައިދާތަން ފެނިގެންދާ ވީޑިއޯއެއް ޓްވިޓަރގައި ޝެއަރކޮށް އެ ޖަމިއްޔާއިން ބުނެފައިވަނީ ދިވެހިރާއްޖޭގައި ސުލްހަވެރިކަމާއިއެކު މުޒާހަރާތައް ހިންގުމުގެ ހައްގަށް އަދި ނޫސްވެރިމުގެ މިނިވަންކަމުގެ ހައްގަށް އަރައިގަނެވޭފަދަ ގޮތަކަށް ކުރަމުންދާ އަމަލުތަކަކީ ގާނޫނާއި އެގޮތަށް ކުރެވިގެންދާ ކަމެއްކަން ކަށަވަރު ކުރުމަށް ކަމާއިބެހޭ މުއައްސަސާތަކަށް ގޮވާލާކަމަށެވެ.

މީގެ އިތުރުން އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަރނެޝަނަލް އިން ބުނެފައިވަނީ، މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ނުބައްދަލު ގޮތަކަށް ބާރުގެ ބޭނުން ކުރުން ކުށްވެރިކުރެވެން ޖެހޭނެ ކަމަށާއި އެފަދަ އަމަލެއް ހިންގާފައިވާނަމަ އެފަރާތްތަކުގެ މައްޗަށް ލަސްނުކޮށް އިންސާފުވެރިކަމާއިއެކު ތަހުގީގުތައް ހިންގެންޖެހޭނެކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ދާދި ފަހުން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ “އިންޑިއާ އައުޓް” ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވާކަމަށް ވިދާޅުވެ، އެ އަމަލުތައް ހުއްޓުވުމުގެ މަގުސަދުގައި ގަރާރެއްގައި ސޮއިކޮށް ނެރުއްވާފައިއެވެ. ރައީސް ސޯލިހު ނެރުއްވާފައިވާ މި ގަރާރަށް ގާނޫނީ އެއްވެސް ބާރެއް ލިބިގެން ނުވާކަމަށް އިދިކޮޅުގެ ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވަމުންދާއިރު، ދިވެހި ފުލުހުންގެ މުއައްސަސާއިން ދަނީ އިންޑިއާއާއި ދެކޮޅަށް ހިންގަމުންދާ ކެމްޕެއިން ހުއްޓުވުމަށް ކެނޑިނޭޅި މަަސައްކަތް ކުރަމުންކަން ފާހަގަކުރެވެއެވެ. އެހެންކަމުން އިދިކޮޅު ކޯލިޝަންގައި އިސްކޮށް މަސައްކަތްކުރަށްވަމުންދާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްވަނީ ހައްޔަރުކުރެވި ދުކޮށްލާފައިކަންވެސް ފާހަގަކޮށްލެވެއެވެ.

މުހައްމަދު އިސްމާއިލް ހައްޔަރު ކުރީ “އިންޑިއާ އައުޓް” ހަރަކާތް ހިންގާ ކުރިއެރުވުމަށް މަސައްކަތްކުރާކަމުގެ ތުހުމަތުގައެވެ.

އެނާގެ އިތުރުންވެސް އިންޑިއާއާއި ދެކޮޅަށް ހިންގާ މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތައް ހައްޔަރު ކުރެވިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އަދި މިފަހުން ދިވެހި ފުލުހުންގެ މުއައްްސަސާއިން ދަނީ މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ބާރުގެ ބޭނުން ކުރަމުންކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: