ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ފުލުހުންނާއި ދެކޮޅަށް ހުށައެޅިފައިވާ ޓޯރޗާގެ މައްސަލަތައް ތަހުގީގެއް ނުކުރޭ: އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓު

އިދިކޮޅުން މަސްވެރިންގެ ދިފާއުގައި ކުރިޔަށް ގެންދިޔަ އިހުތިޖާޖުގައި ފުލުހުން ހަރަކާތްތެރި ވަނީ/ ފޮޓޯ: ސަންގު-- މުހައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އަނިޔާކުރުމުގެ(ޓޯރޗާރގެ) 59 މައްލައެއް ރާއްޖޭގެ އިންސާނީ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތްތައް ކުރަމުންދާ މުއައްސަސާ އެޗްއާރްސީއެމްއަށް ހުށައެޅިފައިވާކަމަށް އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުން ރާއްޖޭގެ އިންސާނީ ހައްގުތަކާއި ގުޅޭގޮތުން ނެރޭ އަހަރީ ރިޕޯޓެއްގައި ބުނެފިއެވެ.

އެމެރިކާގެ “ބިއުރޯ އޮފް ޑިމޮކްރެސީ ހިއުމަން ރައިޓްސް އެންޑް ލޭބާރ” އިން އެކުލަވާލާފައިވާ ރިޕޯޓުގައި ރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަކުރެވިފައިވާ ކަންކަމާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގެ ގާނޫނުގެ ދަށުން، އަނިޔާ ކުރުމާއި އިހާނެތިކޮށް ހިތުން ފަދަ އަމަލުތައް މަނާކުރެވިފައިވާނަމަވެސް އެފަދަ މައްސަލަތައް ފެންމަތިވެފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައިވާގޮތުން، 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް އެކަނިވެސް ޓޯރޗާރކުރުމުގެ 59 މައްސަލައެއް ހުށައެޅިފައިވެއެވެ. އެއީ 2021 ވަނަ އަހަރުގެ އެ ހިސާބަށް ހުށައެޅިގެންދިޔަ މައްސަލަތަކުގެ އަދަދާއި އަޅާކިޔާއިރު ދެ ގުނަ އިތުރު އަދަދެއްކަމަށް ބުނެފައިވެއެވެ. ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން 45 މައްސަލައަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައްކަމަށާއީ 10 މައްސަލައެއް އެއީ ޖަލު ބަލެހެއްޓުމުގެ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކުގެ މައްޗަށް ހުށައެޅިފައިވާ މައްސަލަތައް ކަމަށް ފާހަގަކޮށްފައިވެއެވެ.

ރިޕޯޓު ޝާއިއު ކުރެވުނު އިރު، އެޗްއާރްސީއެމްއިން 4 މައްސަލައެއްގެ ތަހުގީގުތައް ކުރަމުންދިޔަކަމަށާއި، ހެކި ނެތުމުގެ ސަބަބުން 33 މައްސަލައެއް ނިންމާލައި، ޝިކާރައަކަށްވީ ފަރާތްތަކުން ފަސްޖެހުމުގެ ސަބަބުން 9 މައްސަލައެއް ނިންމާލަންޖެހުނުކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި އިންސާނީ ހައްގަކަށް އަރައިގެނެވިފައިވާކަމަށް ފާހަގަނުކުރެވޭތީވެސް ބައެއް މައްސަލަތައް ނިންމާލިކަމަށްވެސް ވެއެވެ.

ރިޕޯޓުގައިވާގޮތުން، ރާއްޖޭގެ ފުލުހުންގެ މައްޗަށް ހުށައެޅިފައިވާ ޓޯރޗާގެ މައްސަލަތައް ފުލުހުންގެ މުއައްސަސާއިން ބަލާފައިނުވެއެވެ. އަދި ބަންގުލަދޭޝް ރައްޔިތެއްގެ ގައިގައި ތެޅުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވިފައިވާ 8 ފުލުހެއްގެ މައްސަލަ ބެލުމަށް ކޯޓުންވަނީ ނިންމާފައިނަމަވެސް ދައުވާ ކުރެވިފައިވާ އެ އޮފިސަރުން ވަޒީފާއިން ވަކި ކުރުމުގެ ބަދަލުގައި މަގާމު ދަށްކުރިކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތަށްވެސް ރިޕޯޓުގައި އަލިއަޅުވާފައިވެއެވެ. އެގޮތުން ރާއްޖޭގެ ގިނަ ޖަލުތަކަކީ ދަތިތައް ހުރި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތުވެސް އޮތް ފުރިބާރުވެފައިވާ ތަންތަންގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ. ރިޕޯޓުގައިވާގޮތުން އެ ތަންތަނުގެ ސާފުތާހިރުކަން ހުރީ އެކަށީގެން ނުވާ މިންވަރެއްގައެވެ. އަދި ސިއްހީ ކަންކަންވެސް އެކަށީގެން ނުވާކަމަށާއި، އެހެންނަމަވެސް އެހެނިހެން އާންމު ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭކަމަށް ބުނެފައިވެއެވެ.

ގައިދީން ބެހެއްޓުމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން، ބަންދާއި މެދު ގޮތެއް ނިމެންދެން ހިފެހެއްޓިފައިވާ ފަރާތްތައް ބައިތިއްބަން ޖެހެނީ ހުކުމް ކުރެވިފައިވާ ގައިދީންނާއި ވަކިންނެވެ. އެހެންނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ބަލަހައްޓާ ތަންތަނުގައި ބައެއް ފަހަރު އެގޮތަށް އަމަލު ނުކުރާކަން ފާހަގަކުރެވޭކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައިވާގޮތުން، ލިޔެކިއުންތައް ނެތް ބިދޭސީން ޑީޕޯޓު ކުރުމުގެ ކުރިން ގައިދީން ތިބޭ ފެސިލިޓީތަކުގެ އިމުގައި ބަންދުކުރެއެވެ. އެހެންނަމަވެސް ގާނޫނީގޮތުން، އެކަމަށް ހާއްސަ ފެސިލިޓީއެއް ބިނާކުރުން ލާޒިމުކަމަށާއި އެހެންނަމަވެސް ރިޕޯޓު ޝާއިއުކުރެވުނު އިރު އެކަން ހުއްޓުމަކަށް އައިސްފައިނުވާކަމަށް ބުނެފައިވެއެވެ. (މިހާރު ފޭސް ދެއެއްގައި އެފަދަ ފެސިލިޓީއެއް ބިނާކޮށްފައިވެއެވެ.)

މީގެ އިތުރުން ބަންދާއިމެދު ގޮތް ނިންމިފައިނުވާ 201 މީހަކު، 81 މީހުންގެ ޖާގަ ހުންނަ ތަނެއްގައި ހިފަހައްޓައިގެން ގެންގުޅުނުކަމަށްވެސް މޯލްޑިވްސް ޕޮލިސްއިން ރިޕޯޓުކޮށްފައިވާކަމަށާއި، ބައެއް ހާލަތްތަކުގައި ގައިދީންނާއިއެކު އެއް ތަނެއްގައިވެސް ބެހެއްޓިކަން ފާހަގަކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 67%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: