ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭތުވެދިޔަ ފަސް އަހަރާއި ބަލައި މި އަހަރު އަލިފާނުގެ ހާދިސާތައް ހިނގި މިންވަރު އިތުރު: އެންޑީއެމްއޭ

އަލިފާން ރޯވި ސަރަހައްދުގެ އެންމެ ފަހުގެ މަންޒަރުތައް.
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު، މި އަހަރުގެ ތެރޭގައި ރާއްޖޭގައި އަލިފާނުގެ ހާދިސާތައް ހިނގައި ގެއްލުންތައް ލިބިފައިވާ މިންވަރު އިތުރުވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިންވަނީ 2023 ވަނަ އަހަރުގެ ތެރޭގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީ ފޯރުވައިދީފައިވާ ގޮތުގެ ތަފްސީލުތަކެއް ހިއްސާކުރައްވާފައެވެ. އެންޑީއެމްއޭއިން ހިއްސާކޮށްފައިވާގޮތުން، މި އަހަރު ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި 8 ރަށަކުން 8 ގެޔަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށެވެ. އެހެންކަމުން އެ ހާދިސާތަކުގައި ގެއްލުން ލިބިފައިވާ ފަރާތްތަކަށް އެހާލަތުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ޖުމުލަކޮށް އެއް މިލިއަން އެއްލައްކަ ފަންސަވީސް ހާސް ނުވަ ސަތޭކަ ސާޅިސް ޕޮއިންޓު ހައެއް ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާކަމަށް ބުނެފައިވެއެވެ.

އެންޑީއެމްއޭއިން ބުނެފައިވާގޮތުން، އެހީ ފޯރުކޮށްދީފައިވާ ރަށްތަކަކީ، ރ އުނގޫފާރު، ސ ފޭދޫ، ހދ މަކުނުދޫ، ހދ ނެއްލައިދޫ ހއ ފިއްލަދޫ އަދި ގދ ގައްދޫ އާއި އއ ތޮއްޑޫ އެވެ. އެ މުއައްސަސާއިން ބުނެފައިވާގޮތުން ހިނގި ހާދިސާތަކާއި ގުޅިގެން 17 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަމާއި އަންނައުނު ފޯރުކޮށްދީފައިވާނެއެވެ. އަދި ކައްކައިކެވޭ އިންތިޒާމުތައްވެސް ހަމަޖައްސައިދީފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން، ވޭތުވެދިޔަ ފަސް އަހަރާއި އަޅާ ބަލާއިރު، މި އަހަރުގެ ތެރޭގައި އެފަދަ ހާދިސާތައް ހިނގުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ރިޕޯޓުކޮށްފައިވާ މިންވަރުތައް އިތުރުވެފައިވާކަމަށެވެ.

އެންޑީއެމްއޭއިން ބުނެފައިވާގޮތުން، 2019 ވަނަ އަހަރު ގައި 14 ހާދިސާއެއް ހިނގާފައިވާކަމަށެވެ. އަދި 2020 ގައި 8 ހާދިސާ 2021 ވަނަ އަހަރު 16 ހާދިސާ 2022 ގައި 65 ހާދިސާ އަދި 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 31 އެއް ހާދިސާއެއް ހިންގާފައިވާކަމަށް އެ މުއައްސަސާއިންވަނީ ހާމަކޮށްފައެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި ގެއްލުން ލިބުނު ފަރާތްތަކަށް ފޯރުކޮށްދީފައިވަނީ ޖުމުލަކޮށް ނަވާރަ މިލިއަން ތޭވީސް ހާސް އެއް ސަތޭކަ ސާޅިސް ހަތަރު ރުފިޔާ ނަވާވީސް ލާރިކަމަށެވެ. އެންޑީއެމްއޭއިންވަނީ އަތޮޅު ތެރޭގައި މިފަދަ ހާދިސާތައް އިތުރުވެފައިވާކަން ފާހަގަކުރެވޭކަމަށެވެ.

އެ މުއައްސަސާއިންވަނީ މިފަދަ ހާދިސާތަކުން ރައްކައުތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާޒްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: