ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންޑީއެމްއޭ އިން ކާރިސާގެ ކަންކަމަށް އިތުރަށް އިންވެސްޓު ކުރުމަށް އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ދާއިރާއަށް އިތުރަށް އިންވެސްޓް ކުރަން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެދިއްޖެއެވެ.

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހުގެ މުނާސަބަތުގައި އެންޑީއެމްއޭ އިން ނެރުނު ބަޔާނުގައި ވަނީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަލަށް އިންތިހާބުވެފައިވާ ސަރުކާރުން ވެސް ކުރިއަށް ގެންދިއުމަށް އިސްކަންދޭންޖެހޭ ކަންކަން ހުރިކަމަށެވެ. އިންތިހާބީ ސަރުކާރުގެ ފަރާތުން އެންޑީއެމްއޭއިން އެދުނީ ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ ދަށުން އެ އޮތޯރިޓީއަށް ލިބިދޭ އިހްތިސޯސްތަކާއި ބާރުތައް ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ. އަދި އެ ދާއިރާއަށް އިތުރަށް އިންވެސްޓް ކުރުމާއި ބަޖެޓު ކަނޑައެޅުމަށާއި ތަރައްގީގެ ޕްލޭންތަކާއި މަޝްރޫއުތަކުގައި ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަފްހޫމް ހިމަނައި ރައްކާތެރި ވެއްޓަކަށް އިސްކަންދީ މުޖުތަމައު ބާރުވެރިކުރުން ވެސް އެ ލިސްޓުގައި ހިމަނާފައިވެއެވެ.

އެންޑީއެމްއޭއިން ވަނީ ކާރިސާތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި، ވިޔަފާރިތަކާއި، އޮޑިދޯނިފަހަރާއި މުޅި ޓުއަރިޒަމް ސިނާއަތަށް ވެސް ލިބިދާނެ ގެއްލުމަކުން އަރައިގަތުމަށް އިންޝުއަރެންސްއަށް އަހުލުވެރި ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާފަ އެވެ. އެ އޮތޯރިޓީން ބުނީ ބައެއް ދާއިރާތައް އިންޝުއާ ކުރުމަށް މަޖުބޫރު ކުރުމަކީ ވެސް އެޅޭނެ މުހިންމު ފިޔަވަޅެެއް ކަމަށެވެ.

“އިންޝުއަރެންސް ސްކީމުތަކުގެ ތެރޭން ރިސްކް ޓްރާންސްފާ ކުރެވޭނެ އިންތިޒާމު މިހާރަށްވުރެ ލުއި ފަސޭހެ ގޮތަކަށް ހުރިހާ ދާއިރާއަކަށް ފަހިކޮށްދިނުމަކީ ވެސް ދައުލަތުގެ އެންމެހައި އިދާރާތަކުގެ މެންޑޭޓުގައި ހިމެނޭ ކަމެއްގެ ގޮތުގައި ހެދުމަކީވެސް މުހިންމު ކަމެއް” އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.

އެ އޮތޯރިޓީން ބުނީ ފުރިހަމަ އިންޝުއަރެސް ނިޒާމެއްގެ ތެރެއިން ލުއިފަސޭހަ ގޮތްތަކެއްގެ މަތިން އެކި ދާއިރާތަކަށް އިންޝުއަރެންސް ރައްޓެހިކޮށް އަތުޖެހޭ ހިސާބަށް ގާތްވާނެ ގޮތްތައް ހަދަން ޖެހޭ ކަމަށެވެ. އަދި އެކަމަށް އެމްއެމްއޭ އާއި އިންޝުއަރެންސް ކުންފުނިތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ވަގުތު ޖެހިފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: