ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯކޮށް ވިއްސާރަވެހި ގިނަ ރަށްތަކެއް ފެންބޮޑު!

މާލެ އަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެފައި. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯކޮށް ވިއްސާރަ ވެހުމުގެ ސަބަބުން މާލެއާއި އަތޮޅު ތެރޭގެ ބައެއް ރަށްތައް ފެންބޮޑުވެފައިވާކަމަށް އެންޑީއެމްއޭއިން ބުނެފިއެވެ.

އެންޑީއެމްއޭއިން ހިއްސާކޮށްފައިވާގޮތުން ބޯކޮށް ވިއްސާރަވެހުމުގެ ސަބަބުން ގެއްލުން ލިބިފައިވަނީ މާލޭގެ އިތުރުން އެހެން ހަތަރު ރަށަކަށެވެ. އެ މުއައްސަސާއިން ހިއްސާކޮށްފައިވާގޮތުން އެ ރަށްތަކަކީ ތ ގުރައިދޫ އާއި ތ ދިޔަމިގިލީގެ އިތުރުން ލ މާމެންދޫ އާއި ދ ކުޑަހުވަދޫކަމަށެވެ.

އެންޑީއެމްއޭ އިން ބުނެފައިވާގޮތުން މިހާރު ކުރިމަތިވެފައިވާ ކާރިސާތަކުގެ ތެރެއިން އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވަނީ މާލޭގެ ގެތަކަށެވެ. އަދި 130 ގެއަކުން ގުޅައިގެން އެހީތެރިކަމަށް އެދިފައިވާއިރު މި މައުލޫމާތު ހިއްސާކުރި އިރު 120 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބުނެފައިވެއެވެ.

އެންޑީއެމްއޭއިން ބުނެފައިވާގޮތުން އެ މުއައްސަސާއިންވަނީ 6 ގެއެއްގެ މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށް ކެއިން ބުއިމުގެ އިންތިޒާމްތައް ހަމަޖައްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: