ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފަރުން ފެނުނީ ބުޅަލެއް، ސައިޒަށްވުރެ ބޮޑުކޮށް ފެނުނީ ވީޑިއޯ ކުރި އޭންގަލްގެ ގޮތުން: އެމްއެންޑީއެފް

ނ. މާފަރު އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާ ސަރަހައްދުން ފެނުނުކަމަށް ބުނާ ގޮތް ނޭގޭ ޖަނަވާރު.
ޝެއާރކޮށްލާ ކަހަލަދޯ؟

މާފަރުން ފެނުނީ ބުޅަލެއްކަމަށާއި، އަސްލު ސައިޒަށްވުރެ ބޮޑުކޮށް ފެންނުނީ ވީޑިއޯކުރެވިފައި އިން އޭންގަލްގެ ގޮތުންކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

މިކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފް އިން ބުނީ ނ. މާފަރު އެއަރޕޯރޓުގެ ފެންސުގެ އެތެރެއިން ހޭޅިފަށުން ގޮތްނޭގޭ ޖަނަވާރެއް ފެނުނުކަމުގެ ރިޕޯޓެއް އިއްޔެ ހަވީރު 5 ޖަހާކަންހާއިރު މާފަރު އެއަރޕޯރޓުގައި ތިބޭ ސިފައިންނަށްވަނީ ލިބިފައިކަމަށެވެ.

މިގޮތުން މިމަޢުލޫމާތާއިއެކު ލިބިފައިވާ ވީޑިއޯ ކްލިޕުން އެއީ ކޮން އެއްޗެއްކަން ޔަޤީން ކުރެވިފައިނުވާތީ، މާފަރުގައި ތިބޭ ސިފައިންދިޔައީ މާފަރު އެއަރޕޯރޓާއި ގުޅިގެން އެހޯދުމުގެ މަސައްކަތްކުރަމުންކަމަށް ބުންޏެވެ. އިއްޔެއާއި ރޭ ކުރެވުނު މަސައްކަތުން އެއްވެސް އެއްޗެއް ފެނިފައިނުވާތީ، ވީޑިއޯ ކްލިޕުން ފެނުނީ ކޮންއެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި މިއަދު އިތުރު ސިފައިން މާފަރަށް ގޮސް މާފަރު އެެއަރޕޯރޓްގެ ސަރަހަައްދު ވަނީ އެއްކޮށް ބަލާފައިކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ ނަމަވެސް ބުޅަލެއް ފިޔަވައި އިތުރު ޖަނަވާރެއް ފެނިފައިނުވާކަމަށެވ.ެ ބޮޑަށް ލަފާކުރެވެނީ ބުޅަލެއް ހިނގާފައި ދަނިކޮށް ވީޑިއޯ ކުރެވިފައި އިން ދުރުމިނާއި އެންގަލްގެ ގޮތުން އަސްލު ސައިޒަށްވުރެ ބޮޑުކޮށް ފެންނާތީ ހީވާ ހީވުމެއްކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

މިހާރު މި އޮޕަރޭޝަން ނިންމާލީތޯ ސުވާލުކުރުމުން އަދި އެމްއެންޑީއެފްއިން ބުނީ އެއާޕޯޓްގެ ފެންސް ގެ އެތެރެ އާއި ކައިރީގައިވާ ސަރަހައްދުތަކުން ބުޅަލެއް ފިޔަވައި އިތުރު އެއްޗެއް ފެނިފައިނުވާތީ އިތުރަށް ފޮނުވި ސިފައިން މިހާރު އަނބުރާ އައިސްފައިވާކަމަށެވެ.

މިކަމާއި ގުޅިގެން މާފަރު ކައުންސިލުން ސިފައިންނާ ހަވާލާދީ ބުނީ އެ ޖަނަވާރަކީ ގެއްލުމެއް ދެވޭނެ ޖަނަވާރެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: