ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތި ލިސްޓުގައި ބިދޭސީން މިހާ ގިނަ ވީމަ، ވޯޓު ލިސްޓު އާދަޔާ ހިލާފަށް ބަލަން ޖެހޭ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިއުލާނު ކުރައްވާފައިވާ ގޯތީގެ ވަގުތީ ލިސްޓުގައި ގިނަ އަދަދެއްގެ ބިދޭސީންގެ ނަން ހިމެނިފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

މީގެ ދުވަސްތަކެއް ކުރިން އިއުލާނުކުރައްވާފައިވާ ވަގުތީ ގޯތި ލިސްޓުގައި ބިދޭސީއެއްގެ ނަން ހިމެނޭކަމަށް ބުނެ، ގިނަ އަދަދެއްގެ ރައްޔިތުންވަނީ ސޯޝަލްމީޑިއާ މެދުވެރިކޮށް ނުރުހުން ފާޅުކޮށްފައެވެ. އެހެންނަމަވެސް ދާދި ފަހުން މީޑިއާގައި ހިއްސާކޮށްފައިވާ ލިއުމެއްގައި ފެނިގެންދާގޮތުން، އެ ލިސްޓުގައި 10 ބިދޭސީންގެ ނަން ހިމެނެއެވެ.

އެ މައްސަލައަށް އަލިއަޅުއްވައި ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޯތި ލިސްޓުން ފެންމަތިވަމުންދާ މައްސަލަތައް ގިނަވުމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓު އާދަޔާ ހިލާފަށް ބަލަން ޖެހިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް މަސައްކަތްކުރައްވަމުންދަނީ ދިވެހިންގެ ބަހެއް ހޯއްދެވުމެއް ނެތި ގައުމުގެ ކަންކަން ނިންމެވުމަށ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، ދިވެހި ބިމުން ދިވެހި ރައްޔިތުންނަށް ނުލިބި، ބިދޭސީ ބަޔަކަށް ލިބިގެންދިޔަ ގޮތް ބަލަން ޖެހިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ހާއްސަ ގޮތެއްގައި ގިނަ އަދަދެއްގެ އިންޑިއާ މީހުންނަށް ގޯތި ލިބުނު ގޮތް ބަލަންޖެހޭކަމަށެވެ. ޝިޔާމްވަނީ އޭނާގެ ޕޯސްޓުގައި އެންޓި ކޮރަޕްޝަން ކޮމިޝަން ޓެގު ކުރައްވާފައެވެ.

ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމުވުމާއިއެކު، ބައެއް ފަރާތްތަކުންދަނީ އެ ލިސްޓުގައި ހިމެނޭ ބައެއް ނަންތައް ފާހަގަކޮށް، އެ ފަރާތްތަކަކީވެސް ބޯހިޔާވަހިކަމުގެ ދަތިތައް ތަހައްމަލުކުރަމުންދާ ފަރާތްތައްތޯ ސުވާލު އުފައްދާފައެވެ. އެގޮތުން މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި، ވިޔަފާރިވެރިނަށްވެސް ލިބިފައިވުމާއިއެކު، އާންމުންގެ ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: