ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްގެ ރަސްމީ ޖަލްސާ ބޭއްވީ ގަވާއިދާ އެއްގޮތަށް: އީސީ

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި، ނައިބު ރައީސް އިސްމާއިލް ހަބީބް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަލަށް އުފެއްދުމަށް މަސައްކަތްކުރަމުންދާ ދަ ޑިމޮކްރެޓްސްގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދާ އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް މިޖުލައިމަހުގެ 5 ވަނަ ދުވަހުގެރޭ ގިޔާސުއްދީން ސްކޫލްގައި ބޭއްވި ޖަލްސާއަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނީ ތަރަހައިގެ ތެރެއިން ބޭއްވުނު ޖަލްސާއެއް ކަމަށް ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3،000 މެމްބަރުން ހަމަވެފައިވާންޖެހޭނެ ކަމަށް ލާޒިމްކޮށް އެކުލަވާލާފައިވާ ގަވާއިދާއި އެއްގޮތަށް ދަ ޑިމޮކްރެޓްސް އިން 3،500 މެމްބަރުން ހަމަވެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް އިން ހުއްދަދިން ކަމަށް ދެކެވޭ ވާހަކަތައް އެކޮމިޝަނުން ވަނީ ދޮގުކޮށްފައެވެ.

ޑިމޮކްރެޓްސް އިން ހުށަހެޅި މެމްބަރޝިޕް ފޯމްތައް ވެރިފައިނުވާއިރު، ފޯމްތަކުގެ ސައްހަކަން މިހާތަނަށް ކަށަވަރުވެފައިނުވާ ކަމަށްވެސް އިލެކްޝަންސްގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

ހުސްވި ޖޫންމަހުގެ ތެރޭގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ތިންހާހަށްވުރެ ގިނަ މެމްބަރޝިޕް ފޯމް ހުށަހަޅާފައެވެ.

އިލެކްޝަންސް އިން ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަދިނީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށެވެ. ހަސަން ލަތީފްގެ އިތުރުން އެމްޑީޕީ އިން ވަކިވި 12 މެމްބަރުންނާއެކު ޑިމޮކްރެޓްސް އުފެއްދުމަށް ބޮޑުފެންވަޅުގޭގައި ފޯމް ފުރުން ކުރިއަށް ގެންގޮސްފައިވެއެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ 80 އިންސައްތަ ކަމަށާއި ޑިމޮކްރަސީ ހަރުދަނާކޮށް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރައީސް ނަޝީދު ވަނީ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބުނެފައިވަނީ ދަ ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާ އަކީ ސައްހަ ޖަލްސާ އެއް ކަމަށާއި އެޖަލްސާގައި ޕާޓީގެ ކުލަ އާއި ލޯގޯ އިފްތިތާހު ކުރެވިގެން ދިޔައީ ސިޔާސީ ޕާޓީތަކާއި ބެހޭ ގަވާއިދުގެ ތެރެއިންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: