ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޕީގެ ވަރިކަމެއްގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު މިނިވަންކުރާނަން: ނާޒިމް

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ރިޓަޔާޑު ކާނަލް މުހައްމަދު ނާޒިމް: ފޮޓޯ/ އެމްއެންޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޕީގެ ވަރިކަމެއްގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު މިނިވަންކުރާނެކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީއިން ފޯރިޔާއިއެކު ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނައިރު، މިހާރު އެ ޕާޓިިއިން ދަތުރުކުރަމުންދަނީ ބޮޑުތިލަދުއްމަތީގެ ރަށްތަކަށެވެ. އެގޮތުން ހދ ކުޅުދުއްފުއްޓަށް ވަޑައިގެންފާއިރު، އެމްއެންޕީއިން ރޭގައި ކުޅުދުއްފުށީގައި ޖަލްސާއެއް ބޭއްވިއެވެ.

“އުޖާލާ ޒަމާން” ޝިއާރުގެ ދަށުން ބޭއްވި މި ޖަލްސާގައި ހާރިޖީ ސިޔާސަތާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ރާއްޖެއިން ފެންނަނީ ހުޅުވާލާފައިވާ ހާރިޖީ ސިޔާސަތެއްކަމަށެވެ. ރާއްޖޭގެ މުސްތަގުބަލު އެހެން ގައުމެއްގެ ކެބިނެެޓުން ރާވަމުން އަންނަކަމަށާއި، ސަރަހައްދީ ހަމަޖެހުމުގެ ނަމުގައި އެހެން ގައުމުތަކުގެ އަސްކަރީ ބާރުތައް ރާއްޖޭގެ ސަރަހައްދުން ޖާގަ ދޭ މަންޒަރުވެސް ފެނިގެންދާކަމަށް ނާޒިމް ވިދާޅުވިއެވެ.

ސަރުކާރުން ތަރައްގީގެ ނަމުގައި އެއް ގައުމަކަށް ބަރޯސާވެފައިވާކަމަށާއި، އަދި އަމިއްލަވަންތަކަމަށް އެ ގައުމުން އަރައިގަންއިރުވެސް، ސަރުކާރުން އަންނަނީ ނަގާފައިވާ ދަރަނީގެ ސަބަބުން ކުޑަކަކޫ ޖަހަމުންކަމަށް ނާޒިމް ވިދާޅުވިއެވެ. ރާއްޖޭގެ މުހިންމު އިގްތިސާދީ ވަސީލަތްތައް އެހެން ބަޔެއްގެ އަތްމައްޗަށް ފުރޮޅެމުންދާކަމަށާއި، ދިވެހިން ތަރައްގީގައި ތިބި ހާލަތުގެ ބޭނުންކޮށްގެން ގައުމަށް ވަދެގަތުމަށް ބަޔަކު މަސައްކަތްކުރާކަމަށް ވިދާޅުވެ، ނާޒިމް އޭނާގެ ވާހަކަތައް އެ އަމާޒުކުރީ އިންޑިއާއަށްކަމަށް ބެލެވެއެވެ.

ބޭރުގެ މަސައްކަތްތެރިންގެ އަދަދު ދިވެހިރާއްޖޭގެ އާބާދީގެ ދެބައި ކުޅަ އެއް ބަޔަށް އަރާތަން އަޅުގަނޑުމެންނަށް މިއަދު އެބަ ފެނޭ. ބޮޑެތި ސިނާއަތްތަކުގެ ބާރުގެ ބޭރުގެ ސިނާއަތްތަކުގެ މީހުންނަށް ދޭތަން އަޅުގަނޑުމެންނަށް އެބަ ފެނޭ.

ނާޒިމް ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ ކުޑަ އަގުގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް ބޮޑެތި ނިންމުންތައް ނިންމަމުންކަމަށާއި، އެކިއެކި މުއާމަލާތްތަކުގެ ދިވެހިންގެ ބާރުވެރިކަން ދިވެހިންގެ އަތުން ބީވެގެންދާތަންވެސް ފެންނަމުންދާކަމަށް ނާޒިމް  ވިދާޅުވިއެވެ.

ތަފްސީލުދެއްވާ ނާޒިމް ވިދާޅުވީ ފާއިތުވެދިޔަ 4 އަހަރު ތެރޭގައި އެއް ގައުމަކުން 2 ބިލިއަން ޑޮލަރަށްވުރެ ގިނަ ދަރަނި ސަރުކާރުން ނަންގަވާފައިވާކަމަށެވެ. އަދި އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އޭނާގެ ވެރިކަމެއްގައި ރާއްޖެ އެއް ގައުމަކަށް ބަރޯސާވެގެން އޮތް އޮތުން ނިމުމަކަށް ގެނައިސް، ރާއްޖޭގެ ހާރިޖީ ސިޔާސަތު މިނިވަންކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: