ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމުގައި ހުރީ ބޮޑުކާޓޫނެއް ކަހަލަމީހެއް: ވައްޑެ

ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގައި ވައްޑެ ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މިވެރިކަމުގައި މިވަގުތު ހުރީ “ބޮޑު ކާޓޫނެއް” ކަހަލަ މީހެއްކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ހައުސް އޮފް ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވުނު ޖަލްސާގައި ވަހީދު ވިދާޅުވީ ދެވަނަ ދައުރެއްގެ ވާހަކަ ދެއްކުމަށް ރައީސް ސާލިހް ލަދު ނުގަންނަ ކަމަށާއި ދެވަނަ ދައުރެއް ހޯދުމަށް މަސައްކަތްކުރަނީ މިދައުރުގައި އެއްވެސް ކަމެއް ނުކޮށް ކަމަށެވެ.

ރައީސް ނަޝީދުގެ އަރިސް މެމްބަރުންގެ ތެރޭގައި ވެސް ހިމެނޭ ވަހީދު ވިދާޅުވީ ވެރިކަމުގެ ދައުރު ނިމިގެންދާއިރު ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްއަށް ރައްޔިތުންގެ ގާތުގައި ވީ ވައުދުތައް އަދިމިހާތަނަށް ފުދިފައިނުވާ ކަމަށެވެ.

އެގޮތުން ދަޑިމޮކްރެޓްސް އުފެދިގެންދިޔައީ ކޮރަޕްޝަނާއި ފިތުނަފަސާދައާއި ވައްކަމާއި ދެކޮޅަށް ތެދުވެ އެއަސާސްތަކުގައި ދެމިތިބުމަށް ކަމަށް ވަހީދު ފާހަގަ ކުރެއްވިއެވެ. އެމްޑީޕީ އިން ވަކާލާތު ކުރަމުންދިޔަ ގިނަ ކަންތައްތައް މިއަދު ވަނީ އަތުންބީވެގެންގޮސް ދީލާލާފައިކަން ފާހަގަކޮށް ވަހީދު ވިދާޅުވީ ދެވަނަ ދައުރެއްގެ ވާހަކަ ދައްކަނީ ލަދުގެކަންފުޅެއްވެސް ނެތީމަ ކަމަށެވެ.

ފަސްއަހަރުގެ އިތުރު ދައުރެއް ހޯދުމަށް ދެވަނަ ދައުރެއް ދިނުމަށް އެދުނު ހަމައެކަނި ވެރިއަކީ ރައީސް ސާލިހް ކަމަށާއި ރައީސް ސާލިހު ނޫން އެހެންގޮތެއް ރައްޔިތުން މިއަދު ބޭނުންވާ ކަމަށް ވެސް ވަހީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: