ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަފްހޫމް އޮޅޭ ގޮތަށް ހަބަރު ނުފެތުރުމަށް ޑރ ޝަހީމް އެދިވަޑައިގެފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަފްހޫމް އޮޅޭ ގޮތަށް ހަބަރު ނުފެތުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުމަފހ އެދިވަޑައިގެފިއެވެ.

ޑރ ޝަހީމް ޕީޕީއެމްއިން ވަކިވެ، އެމްޑީޕީއާއި ގުޅިވަޑައިގަންނަވަނީތޯ ޕީޕީއެމްގެ ސެނެޓަށް ނިސްބަތްވާ މެންބަރަކު ސުވާލުކުރިކަމަށް ހަބަރެއްގައި ޝައިއުކޮށްފައިވާތީ، އެ ހަބަރު ހިއްސާކުރައްވާ ކުރެއްވި ޓުވީޓުގައި ޑރ ޝަހީމް ވަނީ ހަގީގަތާއި ހިލާފަށް މަފްހޫމް ދޭހަވާ ގޮތަށް ހަބަރު ނުފެތުރުއްވުމަށް އެދިވަޑައިގެންފައެވެ. އޭގެ ސަބަބުން ވަރަށް ގިނަ ފިތުން އުފެދިދާނެކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

އެ ހަބަރުގައި ވާގޮތުން ޑރ ޝަހީމް، ސިޔާސީ ހަޔާތުގައި ވޭތުވެދިޔަ 20 އަހަރުގެ ތެރެއިން 2013 އިން  2023އާއި ހަމައަށް، ޕީޕީއެމްއަށް ކުރި ޚިދުމަތަށް ދެއްވި އިނާމަށް ޝުކުރު ދަންނަވާފައިވަނީ ޕީޕީއެމްއަށް އަމާޒުކޮށެވެ. ނަމަވެސް ޑރ ޝަހީމް މިކަމާއި ގުޅިގެން ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެއީ ޕީޕިއެމްއަށް މުހާތަބުކޮށް ދެންނެވި ވާހަކައެއްނޫންކަމަށާއި، އެއީ، އެ ސުވާލުކުރި ޕީޕީއެމް ސެނެޓްގެ މެމްބަރެއް ކަމުގައިވާ މުއާޒް ހަލީމް އެ ސުވާލުކޮށްފައިވާ އިބާރާތާއި ގުޅިގެން ދެންނެވި ވާހަކައެއްކަމަށެވެ.

ޑރ ޝަހީމްއަކީ ކުރިގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަމާއި އިސްލާމީ ޔުނިވާސިޓީގެ ޗާންސިލަރކަމުގެ މަގާމް ފުރުއްވާފައިވާ ބޭފުޅެކެވެ.  އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި ރައީސް ޔާމީން ވާދަކުރެއްވިއިރު، ރަނިން މޭޓެއްގެ ގޮތުގައި ހުންނެވީވެސް ޑރ ޝަހީމްއެވެ.

ޑރ ޝަހީމް އެމްޑީޕީއާއި ގުޅިވަޑައިގަތުމުގެ ވާހަކަދައްކަވާއިރު، ޑރ ޝަހީމްއަކީ 2008 ވަނަ ގާއިމްކުރެވުނު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެވެސް އިސްލާމިކް މިނިސްޓަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: