ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރުގެ މިހާތަނަށް ރާއްޖޭގެ އެންމެ މަގްބޫލުކަން ހޯދީ އިންޑިއާއިން!

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމަކީ އިންޑިއާ ކަމަށް ތަފާސް ހިސާބްތަކުން ދައްކައިފިއެވެ. .

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މިޖުލައި މަހުގެ ނިޔަލަށް 114،622 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

އިންޑިއާގެ އިތުރުން ރަޝިޔާ އާއި ޗައިނާ އާއި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ ހިމެނޭހެން ގިނައަދަދެއްގެ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ގަދަ ދިހައެއްގައި ހިމެނޭ ގައުމުތަކުގެ ލިސްޓަަށް ބަލައިލާއިރު ލިސްޓްގެ ދެވަނައިގައި ރަޝިޔާ ހިމެނޭއިރު އެގައުމުން 113،883 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

އިނގިރޭސިވިލާތުން 82،982 ޓޫރިސްޓަކު ރާއްޖެ އައިސްފައިވާއިރު ޗައިނާއިން 71،766 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މީގެ އިތުރުން، ޖަރުމަނުވިލާތުން 67،978 ފަތުރުވެރިއަކާއި އިޓަލީން 65،443 ފަތުރުވެރިއަކާއި އެމެރިކާއިން 40،461 ފަތުރުވެރިއެއްގެ އިތުރުން ފްރާންސުން 30،770 ފަތުރުވެރިންނާއި ސްވިޒަރލޭންޑުން 20،439 ފަތުރުވެރިންނާއި އެކު ގަދަ ދިހައެއްގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި އޮސްޓްރޭލިއާއިން 17،884 ފަތުރުވެރިޔަކު ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދަކީ 978،321 އެވެ. މިއަދަދަކީ މިދިޔައަހަރާއި އަޅާބަލާއިރު 13.9 އިންސައްތަ އިތުރުވުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: