ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާކީވާ ވޯޓްކަރުދާސް ބޭނުންނުކުރެވޭ ގޮތް ހަދަނީ!

މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާސް ގުނުމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްކަރުދާހުގެ ބާކީވާ ކަރުދާސް އިތުރަށް ބޭނުންނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ބާކީވާ ވޯޓްކަރުދާހުގައިވާ ކެންޑިޑޭޓުންގެ ނަމްބަރާއި ދިމާލުގައި ޕަންޗަރުން ލޯވަޅެއް އަޅައި ބޭނުންނުކުރެވޭނެކަން ކަށަވަރު ކުރުމަށް އިންތިހާބަށް ލަފާއަރުވާ ކޮމިޓީން ކޮމިޝަނަށް ލަފާދީފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ވޯޓްކަރުދާހުގެ ސައްހަކަން އިތުރަށް ކަށަވަރުކުރުމަށް ކަރުދާހުގައި ސެކިއުރިޓީ ފީޗަރއާއި ކެންޑިޑޭޓުންގެ ނަމާއި ތަމްސީލްކުރާ ޕާޓީއާއި ނަމްބަރު ހިމެނޭހެން ކަރުދާސް އެކުލަވާލާ އުފައްދައެވެ.

މާޒީގައި ވޯޓްއޮޅުވާލިކަމަށް ސިޔާސީ ޕާޓީތަކުން ތުހުމަތުތައް ކޮށްފައިވާތީ މިއަހަރުގެ އިންތިހާބު ވީހާވެސް ދެފުށްފެންނަ އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ  މަސައްކަތްކުރަމުންނެވެ.

އިލެކްޝަންސްގެ ރައީސް ފުއާދު ތައުފީގާއި ނައިބުރައީސް އިސްމާއިލް ހަބީބްގެ އިތުރުން ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާވެސް ވަނީ އިންތިހާބުގެ ސައްހަކަން ކަށަވަރުކުރުމަށް ކުރެވެން ހުރިހުރިހާ މަސައްކަތްކުރަމުން ގެންދާނެކަން ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: