ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުއްގިރި ޙިޔާނާތުގެ މައްސަލަ: ރަށް ކުއްޔަށް ދިން ކަމަށް އަދީބު ވިދާޅުވި އަގާއި ބޮންޑޭ ވިދާޅުވި އަގު ދިމައެއް ނުވޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ).
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ޓުއަރިޒަމްގެ ބޭނުމަށް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރި އަގު ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާ ވިދާޅުވި އަގަކީ އަސްލު އަގު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބިންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިފަދައިން ވިދާޅުވީ އެމްއެމްޕީއާުރުސީގެ ތެރެއިން ރަށްތައް ކުއްޔަށް ދޫކުރުމުގައި ހިންގި ހިޔާނާތުގައި ރ. ފުއްގިރި ކުއްޔަށް ދޫޚުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ގަބޫލުކޮށް މަނީލޯންޑަރ ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން އުފުލާފައިވާ ދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވަމުންނެވެ.

ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ. ނަމަވެސް ކްރިކް ރިޒާއަށް ކުރާ ދައުވާ އަނބުރާ ގެނެސް، ދެން ދައުވާ ރައްދުވާ ފަރާތްތަކުގެ ޝަރީއަތް ވަނީ ފަށާފައެވެ.

ފުއްގިރި މައްސަލައިގެ ޝަރޯޢަތުގައި ހެކިބަސް ދެއްވަމުން ބޮންޑޭ ވިދާޅުވި ގޮތުގައި، 2015 ވަނަ އަހަރު ތެރޭ ފައިސާ ދެއްކެވީ، އައިބީއާރް މޯލްޑިވްސްގެ ނަމުގައި އޮތް އޭނާގެ އަމިއްލަ ވިޔަފާރިއެއް ކަމަށްވާ އައިބީއާރް މޯލްޑިވްސް އިން ކަމަށެވެ. ބޮންޑޭ ވިދާޅުވި ގޮތުގައި އޭނާ މަސައްކަތްކުރެއްވީ ފުއްގިރި ކުއްޔަށް ހިފި ބޭރުގެ ކުންފުނި، ކްލެސިކް ސިޓީ ހޯލްޑިންގްސްގެ ރާއްޖޭގެ މަންދޫބެއްގެ ގޮތުގަ އެވެ.

އެގޮތުން އޭނާ ތަމްސީލް ކުރި ކުންފުނިން ފުއްގިރި ކުއްޔަށް ހިފުމަށް ޝައުގުވެރިވެ އެ މުއާމަލާތް ހިންގުމަށް އެދުމުން، އޮފާ ލެޓާއަށް 150،000 ޑޮލަރު ބޮންޑޭގެ ކުންފުނިން ދެއްކި ކަމަށާއި އެއީ ބޭރުގެ ކުންފުނިން އޭނާއަށް ފޮނުވާފައިވާ ފައިސާ ކަމަށް ވިދާޅުވި އެވެ. ރަށުގެ ޖުމްލަ އަގެއްގެ ގޮތުގައި އޭރު ކަނޑައަޅާފައި އޮތީ 1.2 – 1.5 މިލިއަން ޑޮލަރު ކަމަށާއި ނަމަވެސް، މުއާމަލާތުގެ މެދު ތެރެއިން ރަށުގެ އަގު 400،000 ޑޮލަރަށް ކުޑަކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުނު ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

މީގެއިތުރުން ބޮންޑޭ ވިދާޅުވީ ކުންފުނީގެ ފަރާތުން ޖަމާކުރި 150،000 ޑޮލަރު އެސްއޯއެފް އެކައުންޓަކަށް ޖަމާވިކަން ސަމާލުކަމަށް އައިސްގެން އެކަން އެއިރު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ސަމާލުކަމަށް ގެންނެވިކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ފުއްގިރި ގަންނާނެ އަގެއްގެ ގޮތުގައި ބޭރު ކުންފުނީގެ ފަރާތުން 1.2 މިލިއަނާއި 1.5 މިލިއަނުގެ އަގެއް ދިނުމަށް ލެޓާ އޮފް އިންޓަރެސްޓު ހުށަހެޅުއްވިކަމަށް ބޮންޑެ ވިދާޅުވެފައިވާއިރު އަދީބު ވިދާޅުވި ގޮތުގައި އަސްލު އަގެއްގެ ގޮތުގައި އޮތީ 2.5 މިލިއަން ޑޮލަރެވެ. ފަހުން އެ އަގު 1.55 މިލިއަން ޑޮލަރަށް ކުޑަކުރި ކަމުގައިވެސް އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޢަބްދުﷲ ޒިޔަތު ވިދާޅުވިއެވެ.

މީގެއިތުރުން އިތުރަށް ބޮންޑެވަނީ ފުއްގިރީގެ މުއާމަލާތާ ގުޅިގެން އޭނާ އަދީބާ ބައްދަލުކުރެއްވިކަމަށް އަދީބު ހެކިބަސް ދެއްވަމުން ވިދާޅުވި ވާހަކަފުޅަކީ ދޮގެއްކަމަށް ހެކިބަސް ދެއްވަމުން ވިދާޅުވެފައެވެ. އަދި ދޮގު ހެކިބަސް ދެއްވުމަށްފަހު މިހާރު އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: