ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ގެންދަނީ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ނުދީ ދަތިކުރަމުން: ހަސަން ލަތީފް

ޑިމޮކްރެޓްސްގެ ވަގުތީ ޗެއަރޕާސަން ހަސަން ލަތީފް: ފޮޓޯ/ ޑިމޮކްރެޓްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ގެންދަނީ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ނުދީ ދަތިކުރަމުން ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާގައި ހަސަން ވިދާޅުވީ ޑިމޮކްރެޓްސް އުފެދިގެންދިޔައީ ކޮރަޕްޝަނާއި ވައްކަމާއި ދެކޮޅަށް ކަމަށެވެ.

އެމްޑީޕީއިން ވަކިވެ 15 މަޖިލިސް މެމްބަރަކު މިހާތަނަށް ވަނީ ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންފައެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއިން ތައްޔާރުވުމުގެ ގޮތުން ބޭއްވުނު ރިޔާސީ ޕްރައިމަރީގައި ޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވައި އެ އިންތިހާބު ރައީސް ސާލިހް ކާމިޔާބު ކުރެއްވިއެވެ. އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު، އެކުގައި ކުރާނެ ސިޔާސީ މަސައްކަތެއް ނެތްކަމަށް ވިދާޅުވެ ރައީސް ނަޝީދު ފިކުރެއްގެ ދިރުމުގެ ނަމުގައި ސިޔާސީ ހަރަކާތެއް ފައްޓަވައި އެމްޑީޕީ ތެރެއިން އެހެން ގޮތްޕެއް ހަދައި އެގޮފީގެ މަސައްކަތް ކުރަން އޭރު ފެއްޓެވިއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހަސަން ލަތީފްގެ އިތުރުން މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ އިތުރުން އެމްޑީޕީއިން އޭރު ވަކިވި 12 މެމްބަރުންހެން ބުނަމުން ގެންދިޔައީ އެބޭފުޅުން ގަބޫލުކުރަމުންދިޔަ އަސާސްތަކާއި އުސޫލުތައް މަޑުމަޑުން ނެތިގެންދާ ކަމަށެވެ. އެހެންކަމުން އެ އުސޫލުތައް ދެމެހެއްޓުމަށް އައު ސިޔާސީ ޕާޓީއެއް އުފައްދުމަށް ގަސްތުކުރަމުންދާ ކަމަށެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ހުސްވި ޖޫންމަހުގެ ތެރޭގައި ޕާޓީގެ މުއައްސިސް ހަސަން ލަތީފްއަށް ދެވިގެންދިއުމާއެކު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަކުރުމަށް މެމްބަރުން ހޯދުމުގެ މަސައްކަތްތަކެއް ކުރެވިގެންދިޔައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: