ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އޮންލައިންކޮށް ރީރެޖިސްޓަރ ނުވެވޭނެ: އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަން އީސީގެ ރައީސް ފުއާދު ތައުފީގު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ތިބެ ވޯޓްލާން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް އަލުން ރަޖިސްޓަރ ނުވަތަ ރީރެޖިސްޓަރ ނުވެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއިން ބޭރުގައި ތިބެގެން ވޯޓްލާން ބޭނުންވާ ފަރާތްތަކަށް މިފަހަރުގެ ރިޔާސީ އިންތިހާބުގައި އޮންލައިންކޮށް ރީރެޖިސްޓަރ ކުރުމުގެ ފުރުސަތު ހަމަޖައްސައި ދެވިފައިނުވާ ކަަމަށެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލި މީހުން އަންނަ ރިޔާސީ އިންތިހާބުގައި މާލެ ސަރަހައްދުގައި ވޯޓުލުމަށް ރީ-ރަޖިސްޓާވާން ނުޖެހޭނެ ކަމަށެވެ.

ފުއާދު ވިދާޅުވީ ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ މީހުން ބޭނުންނަމަ މާލޭގައި ވޯޓުލުމަށް ރީ-ރަޖިސްޓާވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު 604 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެ އެވެ. ދެވަނަ ބުރެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: