ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދަލުޒަކާތުގެ ގޮތުގައި ބޮލަކަށް 3500 ރުފިޔާ ބަހަން ނިންމައިފި

އިސްލާމިކް އެފެއާޒް.. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މުދަލުޒަކާތުގެ ގޮތުގައި ބޮލަކަށް 3500 ރުފިޔާ ބަހަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން 14444 ވަނަ އަހަރުގެ ފަގީރުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކަށް ޒަކާތުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ އަދަދު ކަނޑައަޅައި އެކަން ވަނީ އިއުލާންކޮށްފައެވެ.

މުދަލުޒަކާތުގެ ގޮތުގައި ނިސާބަކީ 7062.65 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

2016  ވަނަ އަހަރުގެ ޖޫންމަހުން ފެށިގެން މުދަލުޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށެވެ. މީރާއިން ވަނީ މުދަލުޒަކާތް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާހުރެ ހިޖުރީގޮތުން އެއްއަހަރު ވުމުން އޭގެ 40 ބައިކުޅަ އެއްބައި، މުދަލުޒަކާތުގެ ގޮތުގައި ނެރުމަކީ ދީނީ ގޮތުން ވާޖިބު ކަމެކެވެ.

ކޮންމެ އަހަރަކުވެސް އިސްލާމިކް މިނިސްޓްރީގެ ފަރާތުން މުދަލުޒަކާތުގެ ދަފްތަރުގައި ރަޖިސްޓްރީވާ އަދި ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދެމުންގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: