ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގައި އަންހެނުންނަށް ލާއިންސާނީ އަމަލުތަކެއް ހިންގާ ވީޑިއޯއެއް އާންމުވެއްޖެ

ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވައިދިނުމަށް އެދި އިންޑިއާ ރައްޔިތުންތަކެއް އިހުތިޖާޖުކުރަނީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަނިޕޫރު ކިޔާ އިންޑީއާގެ ސަރަހައްދެއްގައި ބަޔަކު މީހުންވެގެން އަންހެނުންތަކެއް ބަރާހަނާކުރުވައި މަގުތައް މަތީ ހިންގުވާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެއްޖެއެވެ.

ބައިނަަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު މަންޒަރުތަކެއް ފެނިގެންދާ ވީޑިއޯގައި ގިނަ އަދަދެއްގެ މީހުން އަންހެނުންތަކެއް ބަރާހަނާކޮށް، ޖިންސީ ފުރައްސާރަ ކުރާ މަންޒަރުތައް ފެނިގެންދެއެވެ. ސޯޝަލްމީޑިއާގައި އާންމުވެގެންދިޔަ ވީޑިއޯ ގިނަ ބައެއްގެ ސަމާލުކަމަށް އައިސް މައްސަލަ ގޯސްވުމާއިއެކު، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށްވަނީ އިންޑީއާގެ އެކި ނަސްލުތަކުގެ ދެމެދު އުފެދިފައިވާ ބޮޑެތި މައްސަލަތަކާއިމެދު ވާހަކަދެއްކުމަށް މަޖުބޫރުވެފައިކަމަށް ރިޕޯޓުތަކުގައިވެއެވެ.

ރިޕޯޓުތަކުގައިވާގޮތުން، މިހާރު ސޯޝަލްމީޑިއާގައި “ވައިރަލް” ވަމުންދާ މި ވީޑިއޯއިން ފެނިގެންދަނީ މި އަހަރުގެ މޭ މަހުގެ ތެރޭގައި އެ ގައުމުގައި ބަޔަކު މީހުން ހިންގާފައިވާ އަމަލެކެވެ. އެހެންނަމަވެސް އެ މައްސަލައިގައި މީގެ ކުރިން ބަޔަކު މީހުން ހައްޔަރު ކުރެވިފައިނުވާކަމަށާއި، ފުލުހުން މީހުން ހައްޔަރު ކުރަން ފެށީ ވީޑިއޯ އާންމުވެގެންދިއުމާއިއެކުކަމަށް ބުނެފައިވެއެވެ. މަނިޕޫރުގެ ފުލުހުން ބުނާގޮތުން މައްސަލައިގައި ޝާމިލުވި މީހުން ހިންގާފައިވަނީ މީހަކު ވަގަށް ނެގުމުގެ އަމަލާއި ޖިންސީ ގޯނާ އަދި ގަތުލުކުރުމުގެ އަމަލެވެ.

އެ ގައުމުގެ ކަމާއިބެހޭ ފަރާތްތަކުން މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން، 4 މީހުން ހައްޔަރުކުރެވިފައިވެއެވެ. އަދި އިތުރު މީހުން ހޯދުމަށްވެސް މަސައްކަތްތައް ކުރެވެމުންދާކަމަށާއި އެތައް ބަޔަކާއި ސުވާލުކުރެވިފައިވާކަމަށްވެސް ބުނެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

ބައިނަލްއަގުވާމީ ބައެއް ޓީވީ ސްޓޭޝަންތަކުންވެސް ދައްކާފައިވާ މި ވީޑިއޯގައި ފެނިގެންދަނީ ދެ އަންހެނަކު ބަރާހަނާ ހާލަތުގައި ގެންދާ މަންޒަރެެވެ. އެ ދެމީހުންގެ ވަށައި ގިނަ އަދަދެއްގެ ފިރިހެނުން އުޅޭއިރު، މަގުތައް މަތިން މަޖުބޫރުން ހިނގުވާ މަންޒަރު ފެނިގެންދެއެވެ. ވީޑިއޯއިން ފެނިގެންދާ ގިނަ އަދަދެއްގެ މީހުންގެ އަތުގައި ލަޓިބުރި ފަދަ ހަތިޔާރުތައް ހުރިކަމަށްވެސް ޝާއިއުކުރެވިފައިވެއެވެ.

ވީޑިއޯ އާންމުވެފައިވަނީ ހާދިސާ ހިނގިތާ ދެ މަސް ދުވަހަށްވުރެ ގިނަ ދުވަސްފަހުންކަމަށްވާއިރު، އިންޑިއާގެ މަނިޕޫރުގައި ހިންގަމުންދާ ހިމަނުޖެހުންތަކުގެ ސަބަބުން އެ ސަރަހައްދުގައި އެކަމާއި ގުޅިގެން ކަމާއި ބެހޭ ފަރާތްތަކުން ބައެއް ފިޔަވަޅުތައްވެސް އެޅިކަމަށް ރިޕޯޓުތަކުގައިވެއެވެ.

މަނިޕޫރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއިމެދު ބޮޑުވަޒީރު މޯދީ މީގެ ކުރިން ޓީވީގައި އެއްވެސް ވާހަކައެއް ދައްކާފައިނުވެއެވެ. މައްސަލަ ގޯސްވެފައިވުމާއިއެކު އޭނާވަނީ އެކަމާއިމެދު ވާހަކަދައްކާފައެވެ. އޭނާ ބުނެފައިވާގޮތުން، އެކަމުގެ ސަބަބުން އޭނާ އިންތިހާއަށް ހިތާމަކުރެއެވެ. އަދި ނުރުހުންވެފައިވާކަމަށްވެސް ބުނެފައިވެއެވެ. އޭނާ ބުނެފައިވާގޮތުން އެ ދެން އަންހެނުންނާއިމެދު އަމަލުކޮށްފައިވާގޮތަށް ދުވަހަކުވެސް މާފު ނުކުރެވޭނެއެވެ. އަދި ގާނޫނު އެ ބަޔަކާއި އަރާ ހަމަކުރާނެކަމަށްވެސް ބުނެފައިވެއެވެ.

އާންމުވެފައިވާ ވީޑިއޯގެ މައްސަލައިގައި އިންޑިއާގެ އެކި ސަރަހައްދުތަކުގައި ނުރުހުން ފާޅުކޮށްފައިވެއެވެ. އެގޮތުން މަނިޕޫރުގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއަކުންވަނީ މައްސަލައިގައި އެންމެ އިސް ރޯލެއް އަދާކުރިކަމަށް ތުހުމަތުކުރެވޭ މީހާ ގޭގައި ހުޅުޖަހާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: