ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުތިރާމާއިއެކު ގުޅިގެން މަސައްކަތްކުރުމަކީ ގައުމުގެ މިނިވަންކަމާއި ހަމަޖެހެން ދެމިއޮތުމަށް މުހިންމު ކަންކަން: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތަފާތު ޚިޔާލުތަކަށް ޖާގަދީ، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ގުޅިގެން މަސައްކަތް ކުރުމަކީ މިނިވަންކަމާއި ގައުމުގެ ހަމަޖެހުން ދެމެހެއްޓިފައި އޮތުމަށް މުހިންމު ކަންކަންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ، މިނިވަންކަމަކީ ހަމައެކަނި އަސްކަރީ ބާރާއި ގުޅިފައިވާކަމެއް ނޫންކަމަށެވެ. އަދި އެކަމަކީ ކޮންމެ ރައްޔިތަކާއިވެސް ގުޅިފައިވާ ކަމެއްކަމަަށްވެސް ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ، ރައްޔިތުންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަދުލު އިންސާފު ގާއިމުވުމާއި އަދުލު އިންސާފު ގާއިމުވުމާއި ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމާއި ވިޔަފާރިއާއި އިގްތިސާދުގައި ރައްޔިތުންނަށް ބައިވެރިވެވޭވެ ފަހި މާހައުލެއް އޮތުމާއި ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުވުމަކީވެސް ގައުމުގެ މިނިވަންކަމާއި ގުޅިފައިވާ މުހިންމު ކަންކަން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ތަފާތު ހިޔާލުތަކަށް ޖާގަދީ އެކަކު އަނެކާއަށް އިހުތިރާމް ކުރުމާއި ގުޅިގެން މަސައްކަތްކުރުމަކީ މިނިވަންކަމާއި ގައުމެއްގެ ހަމަޖެހުން ގާއިމުވެފައި އޮތުމަށް މުހިންމު ކަންކަންކަމަށެވެ. އޭނާ ވިދާޅުވީ، ހާސިލުވެފައިވާ ކާމިޔާބީތަކާއިމެދު އުފާ ފާޅުކުރާއިރު،  ކުރިމަގައްޓަކައި ވިސްނަންޖެހޭ ކަންކަންވެސް ގިނަ ގުނަކަމަށެވެ. މާރިޔާ ވިދާޅުވީ ސަރަހައްދީ މާހައުލު ބަދަލުވަމުންދިއުން ފަދަ ކަންކަމުގެ ތެރެއިން ރާއްޖެ ކުރަމުންދާ ދަތުރު އަމާންކަންމަތީގައި ކުރިއަށް ގެންދިއުމުގެ ހަކަތައަކީ އެއްބައިވަންތަކަން ކަމަށެވެ.

މާރިޔާ ވިދާޅުވީ، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރަންޖެހޭކަމަށެވެ. އަދި ސަގާފަތާއި ތަރިކަ ރައްކައުތެރިކޮށް ދިވެހި ދައުލަތަކީ އިހުތިރާމާއި ގަދަރު ލިބިފައިވާ ޝަރަފުވެރި ދައުލަތެއްގެ ގޮތުގައި ރާއްޖެއިން ގަބޫލުކުރާ ހަމަތަކާއި އުސޫލުތައްވެސް ދަމަހައްޓަންޖެހޭކަމަށެވެ. އަދި ހުރިހާ ދިވެހިން ޝާމިލުވާގޮތަކަށް ގައުމު ބިނާކުރުމަށް އަޒުމް ކަނޑައެޅުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: