ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ޖީލިގެ މިނިވަންކަން ދިފާޢުކުރުމަށް ދިވެހި ގައުމަށް ބޭނުންވާ ޢިލްމީ ޒުވާނުން އުފައްދާ ލީޑަރަކީ ޤާސީމް: އަމީން

ޝެއާރކޮށްލާ ކަހަލަދޯ؟

މި ޖީލިގެ މިނިވަންކަން ދިފާޢުކުރުމަށް ދިވެހި ގައުމަށް ބޭނުންވާ ޢިލްމީ ޒުވާނުން އުފެއްދުމަށް އެންމެ ބޮޑަށް މަސައްކަތްކޮށްދެއްވާފައިވާ އަދި މިހާރުވެސް މަސައްކަތްތައް ކުރަމުން އަންނަ ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލިޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްކަމަށް މި ސަރުކާރުގެ ކުރީގެ ހެލްތް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

އަމީން މިހެން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީއިން ރޭ މ.ކުނޫޒްގައި ބޭއްވި މިނިވަންދުވަހާއި ގުޅުވައި ކުރިއަށްގެންދިޔަ “ދިވެހިންގެ ގައުމު ދިވެހިންނަށް-މިނިވަން ދުވަހުގެ ޖަލްސާ 2023” ނަމުގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އަމީން ވިދާޅުވީ ވެރިކަމުގައި ތިއްބެވި ބޭފުޅުންވެސް އަދި ވެރިކަމަށް އައުމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ބޭފުޅަކުވެސް ދިވެހި ގައުމަށް ބޭނުންވާ ޒުވާން ޢިލްމީ ޒުވާނުން ބިނާ ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށެވެ. އަދި އެކަން ކޮށްފައިވަނީވެސް ކުރަމުން އަންނަނީވެސް ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް އެކަނި ކަމަށް ވިދާޅުވިއެވެ.

އަޑު 48:42 އިން 50:15 އަށް އަމީން އަޑުކޮޅު

ޤާސިމް އިބްރާހިމް ދިވެހި ގައުމަށް ކޮށްދެއްވާފައިވާ ޙިދުމަތްތަކުގެ ވާހަކަ މިއަދު މިދައްކަނީ މިނިވަން ދުވަސްކަމަށް ވުމާއި އެކުކަމަށާއި، މިނިވަންކަން ދެމެހެޓުމަށްޓަކައި މިވާހަކަތައް ދެއްކުން މުޙިއްމު ކަމަށް އަމީން ވިދާޅުވިއެވެ.

މިޒަމާނުގައި ގައުމުތައް ބާރުވެރިވަނީ ފުދުންތެރިކަމާއި އިޤްތިޞާދީ ގޮތުން ބާރު ގަދަ ގައުމަކަށްވެގެންކަމަށް އަމީންގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ. އިޤްތިޞާދީ ބާރުގެ އެންމެ ވަރުގަދަ ހަތިޔާރަކީ އެގައުމެއްގެ ފައިސާކަމަށް އަމީން ވިދާޅުވިއެވެ. އެގައުމެއްގެ ފައިސާ ބާރުގަދަ ނުވާ ނަމަ، އެ ގައުމަކީ ބާރު ގަދަ ގައުމަކަށް ނުވާނެކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަނގުރާމަތައް ކުރެވުމާއި ދުނިޔެއަށް ބޮޑެތި ބަދަލްތައް އައިސްފައިވާއިރުވެސް އެގައުމުތައް ބާރު ގަދަކަން މަތީ ދެމި އޮންނަނީ އެ ގައުމުތަކުގެ ފައިސާ ބާރު ގަދަވުމުން ކަމަށް އަމީން ވިދާޅުވިއެވެ.

ގައުމެއްގެ ފައިސާ ބާރު ގަދަ ވާކަށް ގައުމު ބޮޑުވާކަށް އަދި އާބާދީ ބޮޑު ވާކަށް ނުޖެހޭކަމަށާއި، ގައުމުގެ ފައިސާ ބާރު ގަދަ ކުރުމަށް ބޭނުންވަނީ ގައުމު ދެކެ ލޯބިވާ އަގު ހުރި ދަރިންކަމަށާއި، ޢިލްމީ ޖީލެއް ބިނާކުރުމަކީ މިކަމަށް އެންމެ މުޙިއްމުކަން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޤާސިމްގެ ވެރިކަމެއްގައި ދިވެހިން ދުވަހަކުވެސް ދެކެފައިނުވާ އިޤްތިޞާދީ އަދި ފުދުންތެރި ގައުމެއް ފެންނާނެކަމަށާއި، އަދި ދިވެހި ފައިސާގެ ބާރު ގަދަ ޒަމާނެއް ފެންނާނެކަމަށް އަމީން ވިދާޅުވިއެވެ. އަދި އެދުވަހަކުން މި ގައުމު މި ބޭނުންވާ މިނިވަންކަމާއި ދިމާލަށް ދެވޭނީ އެ ދުވަހަކުން ކަމަށްވެސް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ހިޠާބެއްވެސް ވަނީ ޖަލްސާގައި ދައްކާލާފައެވެ. އަދި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ޖަލްސާގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: