ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވާ 8 ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވާ 8 ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްފިއެވެ.

ކެންޑިޑޭޓް ނަންބަރުތައް ތަރުތީބުކުރުން ކުރިއަށްގެންގޮސްފައިވަނީ މިކަމަށްޓަކައި އިންތިޚާބީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނާއި ބައެއް ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ބަދަލުގައި އިންތިޚާބީ އޭޖެންޓުންނާއި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

އިންތިޚާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުން ތަރުތީބު:

1. އުމަރު ނަސީރު
2. ހަސަން ޒަމީލް
3. އިބްރާހިމް މުހައްމަދު ޞާލިހު / އެމްޑީޕީ
4. ޑރ.މުހައްމަދު މުއިއްޒު / ޕީއެންސީ
5. ޤާސިމް އިބްރާހިމް / ޖުމްހޫރީ ޕާޓީ

6. އަހުމަދު ފާރިސް މައުމޫން

7. އިލްޔާސް ލަބީބް / ޑިމޮކްރެޓްސް

8. މުހައްމަދު ނާޒިމް / އެމްއެންޕީ

މިއީ މިހާތަނަށް ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ފުރަތަމަ އިންތިޚާބުކަން ފާހަގަކޮށްލެެއެވެ. މި އިންތިޚާބަކީ ސިޔާސީ ގޮތުން ވާދަވެރި އިންތިޚާބަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

އެގޮތުން އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރައީސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ރަނިންގ މޭޓަކަށް ދެވަނަ ދައުރަށް ހޮވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމްއެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުގެ ރަނިންގމޭޓަކަށް ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އެވެ. ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންގމޭޓަކަށް ހަމަޖައްސާފައިވަނީ އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމްއެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންގމޭޓަކަށް ހަމަޖައްސާފައިވަނީ ތައުލީމީ ދާއިރާގެ ތެރެއިން ފާހަގަކޮށްލެވޭ އައްޑޫއަށް ނިސްބަތްވާ ބޭފުޅެއްކަމަށްވާ ޑރ.އަހުމަދު އަދީލް ނަސީރުއެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ އިލްޔާސް ލަބީބްގެ ރަނިންގމޭޓަކަށް ހަމަޖައްސަވާފައިވަނީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުއެވެ.

އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫންގެ ރަނިންގމޭޓަކަށް ހަމަޖައްސާފައިވަނީ ޑރ. އަބްދުއް ސައްތާރު ޔޫސުފްއެވެ. އުމަރު ނަސީރުގެ ރަނިންގމޭޓްއަކަށް ހަމަޖައްސާފައިވަނީ އުމަރުގެ ދުވަސްވީ އެކުވެރިޔާ، އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ. ޑިޕެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ ރަނިންގމޭޓަކަށް ހަމަޖައްސަވާފައިވަނީ އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް އަލީމްއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން، މިއަހަރުގެ ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހު އޮންނާނެއެވެ. މިފަހަރު ޖުމްލަ 604 ވޯޓު ފޮއްޓެއް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: