ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުތަކާ ގުޅޭ ކޮރަޕްޝަނުގެ ޝަކުވާތައް ކުޑަކުރުމުގެ އިރުޝާދު އާންމުކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) ރައީސް އާދަމް ޝާމިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބުތަކާ ގުޅޭ ކޮރަޕްޝަނުގެ ޝަކުވާތައް ކުޑަކުރުމުގެ އިރުޝާދު އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކޮށްފިއެވެ.

އެ ކޮމިޝަނުން މިއަދު އާންމުކުރި އިރުޝާދުގައި ހިމަނާފައިވާނީ އިންތިހާބީ ދުވަސްވަރު އާންމުކޮށް ހުށަހަޅާ ޝަކުވާތަކާއި، މައްސަލަތަކާ ގުޅޭގޮތުން އިންތިހާބީ ކޮރަޕްޝަން ވިޔަނުދިނުމަށް ފަންނީ ގޮތުން ކަންކަން ކުރާނޭ ގޮތުގެ ބައިނަލްއަޤުވާމީ އަސާސްތަކާއި މިންގަނޑުތަކެވެ.

މި އިރުޝާދުތައް ދިން މަޤްސަދުތަކުގެ ތެރޭގައި އިންތިޚާބުތަކުގައި ހިންގާ ކޮރަޕްޝަނުގެ ޢަމަލުތަކާއި ކޮރަޕްޝަނަށް ހުށަހެޅޭ ފަދަ ކަންކަން ވިޔަނުދިނުން (ކޮރަޕްޝަން ޕްރިވެންޝަން) އާއި އިންތިޚާބާ ގުޅޭ ހުރިހާ މަރުޙަލާއެއްގައިވެސް ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ޢަމަލުކުރާނޭ ގޮތުގެ އިރުޝާދު ފޯރުކޮށްދިނުމުގެ އިތުރުން ދައުލަތުގެ އިދާރާތަކާއި ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ދެފުށްފެންނަ ހާމަކަންބޮޑު ގޮތެއްގައި އިންތިޚާބާއި ގުޅޭ އެންމެހައި ކަންކަން ހިންގުމަށް ބާރުއަޅައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ލަފަޔާއި އިރުޝާދުދިނުން ހިމެނެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ.

މި ގައިޑްލައިންގައި ހިމަނާފައިވާ ލަފާއާއި އިރުޝާދުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށާއި އިންތިޚާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުން ކެމްޕޭނުކުރުމަށް ފައިސާއާއި އެހީ ހޯދުމާއި ޚަރަދުކުރާނެ ގޮތާއި، ދައުލަތުގެ މުވައްޒަފުން ކެމްޕެއިނުތަކުގައި ހަރަކާތްތެރިވާންވީ ގޮތާއި، ދައުލަތުގެ މުދަލާއި ފައިސާ އަދި މަޤާމު ކެމްޕޭންކުރުމުގައި ބޭނުންކުރުން، އަދި ރިޝްވަތު ދިނުމާއި އިންތިޚާބާއި ގުޅިގެން ވޯޓު ގަތުމާއި ވޯޓު ވިއްކުން ފަދަ ކަންކަން ކަންކަން މަނާވުން ފަދަ ކަންކަމާއި ގުޅޭ މަޢުލޫމާތުވަނީ ހިމަނާފައެވެ.

މި ގައިޑްލައިންގައި ދިވެހިރާއްޖޭގެ ދިމިޤްރާތީ ނިޒާމަކީ ރައްޔިތުން އިތުބާރުކުރާ، ރައްޔިތުންގެ ޙައްޤު ލިބިދެނިވި ގޮތެއްގައި ބައްޓަންކުރެވި ހިނގަމުންދާ ނިޒާމަކަށް ހެދުމަށްޓަކައި، އިންތިޚާބުތަކުގެ ހުރިހާ މަރުހަލާތަކަކީވެސް ކޮރަޕްޝަންގެ ހިރާސްތަކުން މިންޖުވެފައިވާ މަރުހަލާތަކަކަށް ހަދަންޖެހޭކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: