ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ އަމާޒަކީ ދާއިރާއަށް ގާބިލް މީހުން އުފެއްދުން: ޝާމިލް

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓިކޮރަޕްޝަން ކޮމިޝަނުގެ އެއްއަމާޒަކަށްވީ ވޭތުވެދިޔަ ދުވަސްތަކުގައި މުސްތަގުބަލަށްބަލައި، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާނެ ފަންނުވެރި ގާބިލް ބަޔަކު އުފެއްދުމަށްޓަކައި ކުރަންޖެހޭ އެންމެ އަސާސީ މަސައްކަތްތަށް ކުރުންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅޭގޮތުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޝާމިލް ވިދާޅުވީ އެންޓި ކޮރަޕްޝަންގެ ދާއިރާއިން މީހުން ހޯދުންވެފައި ވަނީ ނުހަނު ދަތިކަމަކަށް ކަމަށެވެ. އަދި އެކަމަށް ހާއްސަ ކުރެވިގެން ތަމްރީނު ލިބިފައިވާ މީހުން ވަރަށް މަދުކަމަށްވެސް ޝާމިލް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ދާއިރާއަށް ގާބިލް މީހުން އުފެއްދުމަށް ގިނަ މަސައްކަތަކެއް ވޭތުވެދިޔަ ދުވަސްތަކުގައި ކޮށްފައިވާކަމަށް ވިދާޅުވިއެވެ.

އެ ނިޒާމުގެ ގާނޫނީ ދާއިރާ ހަރުދަނާ ކުރުމަކީވެސް އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވި މަސަައްކަތެއް ކަމަށް ޝާމިލް ވަނީ ވިދާޅުވެފައެވެ. އެގޮތުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޮރަޕްޝަނާއި ދެކޮޅަށްހެދިފައިވާ ގާނޫނީ ނިޒާމަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަށް ކަމާގުޅުންހުރި މުވައްސަސާ ތަކާއި ހިއްސާ ކުރައްވާފައިކަމަށް ޝާމިލް ވިދާޅުވިއެވެ. އެހެންކަމުން އެކަމުގެ މައުލޫއީ ގާނޫނު ކަމަށްވާ ގާނޫނުލް އުގޫބާތަށް ގެންނަން ޖެހޭ އިސްލާހައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހާއި، ހެއްކާއި ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުގެ އިތުރުން ނިޒާމުގެތެރެއަށް ގެންނަން ޖެހޭ ގާނޫނު ތަކުގެ ކަންކަން ދެނެގަނެ ހުށައަޅަންޖެހޭ މުވައްސަސާ ތަކުގައި ދަންނަވާފައި ކަމަށް ޝާމިލް ވިދާޅުވިއެވެ.

މި މަސައްކަތް ފެއްށެވީ އާ ބާބު ކިޔާ ސިޓަރޭޝަނަލް އެނާލިސިސްއެއް އުފައްދަވާ އޭގެން ހާލަތު އޮތްގޮތް ރަނގަޅަށް ދެނެގަނެކަމަށް ވިދާޅުވިއެވެ. އޭގެ ދަށުން ބައިނަލްއަގްވާމީ ގޮތުން ގަނޫނުގެ 21 ވަނަ މާއްދާގެ ދަށުން ލާޒިމް ކުރާ ކަންކަން ފަށާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން އެހެން ގައުމުތަކާއި ގުޅުންބަދަހިކުރުމާއި އަދި ބައިނަލްއަގްވާމީ އެކި ޖަމިއްޔާތަކުން ރާއްޖެއަށް އެކިފުރުސަތުތަށް ހޯދައިދެއްވާފައިވާކަމަށްވެސް ޝާމިލް ވިދާޅުވިއެވެ.

ނާޒާހާތްތެރި ޖީލެއް ބިނާކުރުމަށްޓަކައި ކުރަންޖެހޭ އެންމެ އަސާސީ މަސައްކަތަކީ ދިވެހިރާއްޖޭގެ ގައުމިއްޔަތު ކުރިއަރުވައި، ދީނަށް ލޯބިކުރާ ސަގާފަތެއް އަށަގެންނުވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަަސައްކަތް ކަަމަށް ޝާމިލް ވިދާޅުވިއެވެ. އަދި ދީނުގައި ވާ ކަންކަމަށް އަލި އަޅުވާލައިފިނަމަ އެހެން ގައުމުތަކުން ފެންނަ ނަޒާހާތްތެރި ކަމުގެ ކަންކަން ފެނިގެންދާނެ ކަމަށްވެސް ޝާމިލް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ނަޒާހަތްތެރި ޖީލެއްބިނާކުރުމުގައި ކުރައްވާ މަސައްކަތުގައި އޭސީސީން ދެކޭކަންކަން ސަރުކާރަށް އަރުޥާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: