ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4000 ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1500 މީހުންގެ!

އެފްޑީސީން އަޅަމުންދާ ފްލެޓުތައް ފޮޓޯ: އެފްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމްގެ 4،000 ފުލެޓު ލިބޭކަމަށް ކަނޑައެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1500 މީހުންގެ ކަަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގުން ހާމަވެއްޖެއެވެ.

އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުން ބުނެފައިވަނީ ފުލެޓަށް އެދި ހުށައަޅާފައިވާ ފޯމުގައި ޝަރުތުހަމަ ނުވާ އެތައް ބައިތަކަކަށް ޕޮއިންޓު ދީފައިވާކަމަށާއި ޕޮއިންޓު ދީފައިވަނީ ކޮން އަސާސްތަކެއްގެ މައްޗަށްކަން ސާފުނުވާކަމަށެވެ. ކުރީގެ ސަރުކާރުން ފުލެޓު ދޭން ނިންމާފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ބުނެފައިވެއެވެ. ކަސްޓަމްސް އަށް ދޫކޮށްފައިވާ 100 ފުލެޓު ނުލައި 4000 ފުލެޓުގެ 60 އިންސައްތައަކީ 1500 އެވެ.

އޭސީސީން ހިންގި ތަހުގީގުގައި އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަންކަމުގެ ތެރޭގައި 20.7 އިންސައްތަ ފޯމަކީ ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިނުވާ ފޯމުތަކެވެ. ޝަރުތު ފުރިހަމަވި ނަމަވެސް މައްސަލަހުރި 19.7 އިންސައްތަ ފޯމު ހުރިކަމަށާއި އަދި ޝަރުތު ފުރިހަމަ ނުވާ 60 އިންސައްތަ ފޯމު ހިމެނޭކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ޝަރުތު ފުރިހަމަވި ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ތެރޭގައި ދީފައިވާ މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރިކަމަށް އޭސީސީންވަނީ ބުނެފައެވެ. ފުށުއެރުންތަށް ހުރީ ޖުމްލަ ފޯމުގެ ތެރެއިން 70 އިންސައްތަ ފޯމުގައި ކަމަށް އޭސީސީން ވަނީ ބުނެފައެވެ. ޕޮއިންޓު ދިނުމުގައި މައްސަލަ ހުރި ފޯމުތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވާ ބައެއް ފޯމު ވެސް ހިމެނޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީގެ ތަހުގީގުގައި އެ ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ޕޮއިންޓު ދިނުމުގައި އިތުރަށް ޕޮއިންޓު ދީފައިވުމާއި، ގިނަ މީހުން ހުށަހަޅާފައިވާ ފޯމުތަކުގައި ދީފައިވާ މައުލޫމާތުގެ ފުށުއެރުން ތަކެއް ހުރިކަމަށާއި އަދި ޝަރުތު ފުރިހަމަވި ކަމަށް ކަނޑައެޅުމުގައި އާއި ޕޮއިންޓު ދިނުމުގައި އަމަލުކޮށްފައި ވަނީ އެއް ހަމައަކުން ނޫންކަން ފާހަގަވެފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 21%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 8%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: