ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސްއިން އާއްމު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ)ން އާއްމު ކޮށްފިއެެވެ.

އީސީން އާއްމު ކުރި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ވަގުތީ ލިސްޓުގައިވާގޮތުން ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،672 މީހުންނަށް ވޯޓު ލެވޭނެއެވެ. އެއީ 138،317 އަންހެނުންނާއި، 144،355 ފިރިހެނުންނަށެވެ. އެ ލިސްޓް އާއްމުކޮށް، ޖޫން 11 އިން ޖޫން 22 ގެ ނިޔަލަށް ޝަކުވާއަށް ހުޅުވާލިއިރު، 551 ޝަކުވާ ހުށަހެޅިއެވެ.

އަދި އީސީން އެ ޝަކުވާތަަކަށް ބެލުމަށް ފަހު ރޭ ވަނީ މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހުގެ ތައްޔާރީތައް ވަމުންދާއިރު، މި އިންތިޚާބުގައި އަށް ކެންޑިޑޭޓަކު ވާދަ ކުރައްވައެވެ. އޭގެ ތެރޭގައި ހިމެެނެނީ ސިޔާސީ ޕާޓީތަކުން ނެރޭ ފަސް ކެންޑިޑޭޓެއްގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: