ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްއިން މަޖިލީހަށް ބަދަލު ގެނައުމުގެ ސިޔާސަތު ހިއްސާކޮށްފި!

އިމްތިޔާޒް ފަހުމީ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ނިންމާފައިވާ ބަދަލު އެ ޕާޓީން ހިއްސާކޮށްފިއެވެ.

ޑިމޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ މި ސިޔާސަތު ހިއްސާކުރައްވާފައިވަނީ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީއެވެ. އޭޭނާ ވިދާޅުވީ، ގާނޫނުގެ ޒަރިއްޔާއިން ސިޔާސަތުތައް ކަނޑައެޅުމާއި ސަރުކާރާއި މުއައްަސަސާތައް ޖަވާބުދާރީ ކުރުވުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާ އެއްތަނަކީ ރައްޔިތުންގެ މަޖިލީސްކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހަކީ ޒިންމާދާރު ތަނެއްގެ ގޮތުގައި އޮންނަންޖެހޭކަމަށް ޑިމޮކްރެޓްސްއިން ގަބޫލުކުރާކަމަށް އިމްތިޔާޒް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްއިން ހުށައަޅަނީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށްކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީސް އެކުލަވާލެވިފައިވާ ގޮތް ބަދަލުކޮށް މުޅި ރާއްޖެ ތަމްސީލުކުރެވިގެންދާނެ ގޮތަށް ބައްޓަންކުރުމަކީ އެ ޕާޓީގެ ފަރާތުން ހުށައަޅާ ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިމްތިޔާޒް ވިދާޅުވީ، ކުދި ކުދި ދާއިރާތަކުން މެމްބަރުން ހޮވުމުގެ ބަދަލުގައި އަތޮޅުތަކުންނާއި ސިޓީތަކުން ރައްޔިތުންގެ މަޖިލިސް މެމްބަރުން ހޮވުމަކީ އެ ސިޔާސަތުގެ ދަށުން އަމަލުކުރުމަށް ވިސްނާފައިވާ ގޮތްކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ، އެ ޕާޓީގެ މި ސިޔާސަތުގެ ދަށުން ކަނބަލުންނަށް ހާއްސަކުރެވިގެންވާ 8 ގޮނޑިއެއް ކަނޑައެޅިގެންދާނެކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ރައްޔިތުން ތަމްސީލުކުރުމުގެ ގޮތުން މަޖިލީހުގެ ދެ ގޮނޑިއެއްވެސް ހާއްސަކުރެވިގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ، އޭގެ އިތުރުން ނެޝަނަލް ލިސްޓުގެ ގޮތުގައި 11 ގޮނޑިއެއްވެސް ކަނޑައެޅިގެންދާނެކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ޒިންމާދާރުކަމާއިއެކު މަސައްކަތްތައް ކުރަންޖެހޭ ބައެއްކަމަށްވުމުން އެގޮތުގެ މަތިން އަމަލުކުރާކަން ކަށަވަރުކުރުމަށް މަޖިލީސް މެމްބަރުން ކަނޑައެޅިފައިވާ ވަގުތަށް ހާޒިރު ނުވާ ނަމަ ގަޑި ޖެހުމުގެ އުސޫލެއް ކަނޑައަޅައިދެއްވާނެކަމަށާއި މެމްބަރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާނަމަ ދައުރުގެ ތެރޭގައި ޖަވާބުދާރީ ކުރުވުމަށް އުސޫލެއްވެސް ކަނޑައެޅިގެންދާނެކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ބަދަލުކުރުމާއި ވަކި ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ގާނޫނުތައް ވުޖޫދުކުރުމުގެ މަސައްކަތްތައްވެސް ކުރެވިގެންދާނެކަމަށެ.

އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ޖުމުލަ ގޮތެއްގައި ރައްޔިތުންގެ މަޖިލިހަކީ މުޅި ގައުމުގެ ރައްޔިތުން ތަމްސީލުވެގެންދާނެ ތަނެއްކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތްތައް ކުރެވިގެންދާނެކަމަށާއި އެހެންކަމުން މި ސިޔާސަތު ހުށައަޅާކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: