ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގައި ޓީޗަރެއްގެ އިރުޝާދުގެ ދަށުން ދަރިވަރަކަށް އަނިޔާކުރާ ވީޑިއޯއެއް އާންމުވެއްޖެ!

އިންޑިއާގެ ކިލާސްރޫމެއްގައި ކުދިންތަކެއް ކިޔަވަނީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގައި ޓީޗަރެއްގެ އިރުޝާދުގެ ދަށުން ދަރިވަރެއްގެ ގައިގައި އެހެން ދަރިވަރުން ތަޅަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލްވެ އެކަމަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެއްޖެއެވެ.

ރިޕޯޓުތަކުގައިވާގޮތުން، ދައުރުވަމުންދާ ވީޑިއޯއިން ފެނިގެންދަނީ  7 އަހަރުގެ މުސްލިމު ދަރިވަރެއްގެ ގައިގައި ހިންދޫ ޓީޗަރެއްގެ އިރުޝާދުގެ ދަށުން އެހެން ކުދިން ތަޅާ މަންޒަރުކަމަށެވެ. އަދި އެކަމަށް ދުނިޔޭގެ ސަމާލުކަން ލިބި ނުރުހުން އަމާޒުވެފައިވާކަމަށާއި ވީޑިއޯއިން ފެނިގެންދަނީ އިންޑިއާގައި ދިރިއުޅެމުންދާ މުސްލިމުންނަށް ކޮންމެ ދުވަހަކުވެސް ތަހައްމަލުކުރަންޖެހިފައިވާ ދަތިތައް ކަމަށް ބުނެފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އުއްތަރު ޕްރަދޭޝް ސަރަހައްދުގައި ހުންނަ ޕްރައިވެޓު ސުކޫލެއްގައެވެ. މީޑިއާތަކުން ބުނާގޮތުން، އެ ސުކޫލުގައި މިފަހަކަށް އައިސް މުސްލިމުންނަށް އަނިޔާކުރުމުގެ މައްސަލަތައް ފެންމަތިވެފައިވާކަން ފާހަގަކުރެވެއެވެ. ރިޕޯޓުތަކުގައިވާގޮތުން ވީޑިއޯ އިން ފެނިގެންދާ އަންހެން ޓީޗަރުވަނީ މުސްލިމު މައިން އެމީހުންގެ ދަރިންގެ ތަރުއްބިއްޔަތަށް އަހައްމިއްޔަތުކަން ނުދޭކަމަށް ބުނެފައެވެ. އަދި ކޮޅަށް ނަގާފައިވާ ކުއްޖެއްގެ ގައިގައި ޖެހުމަށް އެކި ކުދިންނަށް އިރުޝާދު ދެމުންދާ މަންޒަރުތައްވެސް ފެނިގެންދެއެވެ. އަދި ބާރަށް ޖެހުމަށް އިރުޝާދު ދޭ އަޑުތައްވެސް އިވިގެންދެއެވެ.

ސޯޝަލްމީޑިއާގައި މައްސަލަ އާއި ގުޅޭގޮތުން ވާހަކަތައް ދެކެވި އަޑުއުފުލަން ފެށުމާއިއެކު މިހާރު އެ ސަރަހައްދުގެ ފުލުހުން މައްސަލަ ތަހުގީގުކުރަމުންދާކަމަށް ބުނެފައިވެއެވެ. ފުލުހުން ބުނެފައިވާގޮތުން، އަދި މުސްލިމުން މައިން ދަރިންގެ ތަރުބިއްޔަތަށް އަހައްމިޔަތުކަން ނުދޭކަމަށް އޭނާ ބުނާ އަޑު އިވިގޮސްފައިވާކަމަށް ފުލުހުން ހިއްސާކުރިކަމަޡށް ބުނެފައިވެއެވެ.

އިންޑިއާގެ މައި އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވަނީ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބީޖޭޕީގެ ސަބަބުން ކުރިމަތިވެގެންދިޔަ މައްސަލައެއްކަމަށް ބުނެ އެ ޕާޓީއަށް ފާޑުކިޔާފައިކަމަށް މީޑިއާތަކުން ބުނެއެވެ. އޭނާ ބުނެފައިވާގޮތުން، ތަފާތުކުރުމުގެ ވިހަކަން ކުޑަކުދިންގެ ކިބައިގައި އަށަގެންނެވުމާއި ސުކޫލުފަދަ ތަނެއް ނަފްރަތުގެ ބާޒާރަކަށް ހެދުމަކީ ޓީޗަރަކަށް ކުރެވޭނެ އެންމެ ނުބައިކަމެވެ. އަދި އެއީ ބީޖޭޕީއިން އިންޑިއާގެ އެ ސަރަހައްދުތަކުގައި ފަތުރަމުންދާ އަލިފާންގަނޑުތަކާއި ދާދި އެކައްޗެއްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އިންޑިއާގެ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމާއި ބެހޭ މުއައްސަސާއިންވަނީ މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެފައިކަމަށް ރިޕޯޓުތަކުގައިވެއެވެ. އެހެން ނަމަވެސް ފުރައްސާރަތައް ކުރިމަތިވެގެންދިޔަ ކުއްޖާގެ ބައްޕަވަނީ މައްސަަލަ ހުށައެޅުމަށް ދެކޮޅު ހަދާފައިކަމަށާއި އެ ކުއްޖާވެސް ސުކޫލުން ވަކިކޮށްފައިވާކަމަށް ބުނެފައިވެއެވެ. އަދި ސުކޫލުންވަނީ އެޑްމިޝަން ފީ އަނބުރާ ދިނުމަށް އެއްބަސްވެފައިކަމަަށްވެސް ރިޕޯޓުތަކުގައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން އެ ސަރަހައްދުގެ ފުލުހުން ދަނީ ރަސްމީގޮތުން އެ ޓީޗަރާއި ދެކޮޅަށް މައްސަލަ ހުށައެޅުމަށް ކުއްޖާގެ ބައްޕައަށް ވިސްނައިދިނުމަށްވެސް މަސައްކަތްކުރަމުންނެވެ. ރިޕޯޓުތަކުގައިވާގޮތުން އެ ޓީޗަރަކީ އެ ސުކޫލުގެ ވެރި ފަރާތެވެ. ކުއްޖާގެ ބައްޕަ ބުނާގޮތުން އެ ކުއްޖާ ގެއަށް އައި އިރުވެސް ހުރީ ރޮވިފައެވެ. އެހެންނަަވެސް މަސައްކަތްތައް ފުރިހަމަ ނުކުރާތީ ޓީޗަރު އަދަބެއް ދިންކަމަށް ބަލައި އެކަމަށް އެވަރުގެ ސަމާލުކަމެއް ނުދޭކަމަށާއި އެހެންނަމަވެސް ވީޑިއޯ ފެނުމާއިއެކު ހައިރާންވިކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 60%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: