ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ރައްޔިތުންނަަށް ބޯހިޔާވަހިކަން، މާލެއިން ކަށަވަރުކޮށްދޭނަން: އިލްޔާސް ލަބީބް

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން މާލެއިން ކަށަވަރުކޮށް ދެއްވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ގްރޭޓަރ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް އޮތް ތަސައްވުރު އިޢުލާންކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އިލްޔާސްގެ މެނިފެސްޓޯގެ އެންމެ އިސްކަމެއް ދީފައިވަނީ މާލެ ސަރަހައްދުގެ ބޯހިޔާ ވަހިކަމަށެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ ހާލަތަށް ބަލާއިރު 16،193 އާއިލާ މިހާރުވެސް ދިރިއުޅެމުން އަންނަނީ އެވްރެޖް 600 އަކަ ފޫޓަށް ވުރެ ކުޑަ އެކެއް އަދި 2 ކޮޓަރި ތަންތަން ކޮޅުގައިކަމަށް އިލްޔާސް ވިދާޅުވިއެވެ. މާލެ ސަރަހައްދުން ގޯތި ލިބޭ ލިސްޓ،ް ގުޅިފަޅާއި ގިރާވަރުފަޅާއި އަދި ހުޅުމާލެއިން ދޭނެ ކަމަށް ބުނާ ގޯތިތަކާއެކު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އާންމު ކުރިއިރު މިހާރަށް އާބާދު ވެވެން އޮތީ ހަމައެކަނި ހުޅުމާލޭގައިކަމަށް ވިދާޅުވިއެވެ.

މިއީ މި ލިސްޓުގައި އޮތް ބޯހިޔާވަހިކަން ހައްގުވާ 9،000 އެތައް އާއިލާއެއްގެ ތެރެއިން %15 އަށް ވުރެވެސް ކުޑަ އަދަދެކެވެ. ބާކީ އެންމެނަށް ގޯތި ލިބޭކަމަށް އިއުލާނުކޮށްފައިވާ ގުޅީފަޅާއި އަދި ގިރާވަރުފަޅު އެންމެ ކުޑަމިނުން ހިއްކާވެސް ނުނިމެއެވެ.

ގުޅީފަޅުން ގޯތި ދޭން ކަނޑައަޅާފައިވާ ސަރަހައްދު ހިއްކުމަށް 2 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަވާނެކަމަށް އަންދާޒާކުރެވޭ އިރ،ު ގިރާވަރުފަޅު ހިއްކުމަށް އިތުރު 800 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބެލެވެއެވެ. އަދި މިތަންތަނުގެ މަގުތަކާއި ޔުޓިލިޓީ ގްރިޑާއި އެހެނިހެން އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް އިތުރު 2 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް އަންދާޒާކުރެވޭކަމަށް އިލްޔާސް ވިދާޅުވިއެވެ.

މާލޭގެ ބޯހިޔާވަހިކަމަށް އިލްޔާސްގެ ތަސައްވަރު:

– 5 އަހަރުތެރޭ މާލޭގެ 25،000 އަށްވުރެ ގިނަ އާއިލާތަކަށް ބޯހިޔާވަހިކަން ހަމަޖައްސައި ދިނުން.
– މާލެއިން ބޭރަށް ބަދަލުވާން އެދޭ މީހުންނަށ،ް ބޯހިޔާވަހިކަމާއި އަދި ސެޓްލްމަންޓް އެލަވަންސް ފޯރުކޮށްދިނުން.
– ވިލިމާލެއިން ބިން ލިބި ރަށްވެހިވެފައިވާ ފަރާތްތަކުގެ ތެރެއިން 6 ބުރިއަށް ވުރެ މައްޗަށް އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުމާލެއަށް ބަދަލުވުމުގެ ފުރުސަތު ދިނުން.
– މާލޭގައި ހުރި ސަރުކާރާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލުމުގެ ދަށުގައި ހުރި ،111 ،351 ،355، 356 އަދި 360 ނަންބަރު ކޮށި ވަގުތުން ހުސްކޮށް އެ ބިންތަކުގައި 15 ބުރީގެ ކޮންޑޮމީނިއަމް އިމާރާތްތަކެއް ގާއިމުކުރުން.
– މި އިމާރާތްތަކުގެ 13 ބުރި ހާއްސަ ކުރެވޭނީ 2 އަދި 3 ކޮޓަރީގެ ކޮންޑޮމީނިއަމް ޔުނިޓްތަކަށް.
– ބާކީ3 ބުރީގައި ޕާކިންއާއި ޖިމް އަދި ރީޓެއިލް އައުޓްލެޓް ފަދަ އާންމު ހިދުމަތްތައް ގާއިމުކުރެވޭނެ.
– މި ކޮށިތަކުގައި އެކު ޖުމްލަ 202،684 އަކަފޫޓު ބިމުގައ،ި 2 ކޮޓަރީގެ 1،581 ޔުނިޓާއި އަދި 3 ކޮޓަރީގެ 767 ޔުނިޓް ހިމެނޭހެން ޖުމްލަ 2،347 ކޮންޑޮމީނިއަމް ޔުނިޓް އިމާރާތްކުރެވޭނެ.

 

އިލްޔާސް ވިދާޅުވީ މި އިމާރާތްތަކަށް ޖުމްލަ ހިނގާނެކަމަށް އަންދާޒާކުރެވެނީ 3.9 ބިލިއަން ރުފިޔާ ކަމަށެވެ. މި އިމާރާތްތައް އިލްޔާސް ލަބީބުގެ ސަ ރުކާރުގެ ފުރަތަމަ 18 މަސްދުވަހުގެ ތެރޭ އިމާރާތްކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މާލޭގެ އެންމެ ތޮއްޖެހި ކޮއްލަވާނިވެފައިވާ 10 ކޮށި ފާހަގަކޮށ،ް އެ ކޮށިތަކަށް ނިސްބަތްވާ އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވަކި ކޮންޑޮމީނިއަމް ޔުނިޓެއް އަދި އެ ކޮށިތަކުގައިވާ ކޮންމެ ގޯއްޗަކަށް 1،000 އަކަފޫޓަށް ވުރެ ކުޑަނޫން ގޯއްޗެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 83%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: