ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލްޔާސް ލަބީބަށް ޓެރަރިޒަމްގެ ހަމަލާއެއްގެ އިންޒާރު ލިބިއްޖެ: އިންތި

ޝެއާރކޮށްލާ ކަހަލަދޯ؟

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ޓެރަރިޒަމްގެ ހަމަލާއެއްގެ އިންޒާރު ދީފި އެވެ.

ޑިމޮކްރެޓްސްގެ ތަރުޖަމާން އިމްތިޔާޒް ފަހްމީ ވިދާޅުވީ މި އިންޒާރު ދީފައިވަނީ ޓްވިޓާ އެކައުންޓެއް މެދުވެރިކޮށް ކަމަށާއި އެ އިންޒާރު ދީފައިވަނީ ޑިމޮކްރެޓްސް ޕާޓީއަށާއި އެ ޕާޓީގެ ކެމްޕޭނަށް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ނިސްބަތްވާ ގޮތަށް ކަމަށެވެ.

އެ އިންޒާރުގައި ބުނެފައިވަނީ ބޮމުގެ ދެވަނަ ހަމަލާއެއް އަންނާނެ ކަމުގެ ވާހަކަ ކަމަށާއި އެ ހަމަލާ އަންނާނެ މުއްދަތު ވެސް ބުނެފައިވާ ކަމަށް އިންތި ވިދާޅުވި އެވެ. މިއީ އާދައިގެ ގޮތަކަށް ނަގައިގެން ވާނެ ކަމެއް ނޫން ކަމަށާއި ޓެރަރިޒަމްގެ މައްސަލަތަކަކީ ބިރުހުރި މައްސަލަތަކެއް ކަމަށްވާއިރު އިންތިހާބީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އިންތި ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވެސް މަރުގެ އިންޒާރު ދިން މައްސަލައެއް ކަމާ ގުޅޭ އިދާރާތަކުން ދަނީ ބަލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: