ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މުދަލާ ފައިސާ ބޭނުންކުރަނީ ލަދެއް ހަޔާތެއް ނެތި: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން ރިޔާސީ ކެމްޕެއިން ކުރަމުންދަނީ ދައުލަތުގެ ފައިސާ ބޭނުންކޮށްގެންނާ އެކަން ކުރަމުންދަނީ ލަދެއް ހަޔާތަކެއް ނެތް ފަދަ ގޮތަކަށްކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި އިންތިހާބަށް ނުފޫޒު ފޯރުވުމާއިމެދު ވާހަކަދައްކަވަމުން އިމްތިޔާޒްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދެވަނަ ދައުރެއް ހޯދުމުގެ ގޮތުން އެތަކެއް ނަހަމަ އަމަލެއް ހިންގަމުންދާކަމަށް ތުހުމަތުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ދައުލަތުގެ ދަތުރުތަކުގެ ގޮތުގައި ހައްދަވައިގެން ރައްޔިތުންގެ ފައިސާ އަދި މުދާ ބޭނުންކޮށްގެން ކެމްޕެއިން ކުރައްވަމުންދާކަމަށެވެ.

އޭނާ ވިދާޅުވީ، އެކަމަކީ އެހެން ކެންޑިޑޭޓުންނަށް ވަރަށް ބޮޑު ބޭއިންސާފެއްކަމަށާއި އެހެންނަމަވެސް ރައީސް ސާލިހުވަނީ އެކަން “ބަރާބަރަށް” ކުރައްވާފައިކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުރިން ނިންމައި ހުޅުވާފައިވާ މަޝްރޫއުތައް އަލުން ހުޅުވައިދިނުން ފަދަ ކަންކަންވެސް އެތައް ފަހަރެއްގެ މަތިން ރައީސް ސާލިހު ކުރެއްވިކަމަށެވެ. އިމްތިޔާޒް ވިދާޅުވީ، އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އައު ޕްރޮޖެކްޓުތައް ފެއްޓެވުމުގެ މަސައްކަތްތައްވެސް ރައީސް ސާލިހު ކުރެއްވިކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ، އެމަނިކުފާނު ކުރައްވާފައިވަނީ އިންތިހާބީ މާހައުލެއްގައި އަމަލުކުރެވިދާނެ ގޮތަކަށް ނޫންކަމަށް ތަހުޒީބު ފަރާތްތަކަކުން ނެރިފައިވާ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ހޮނިހިރު ވޯޓުލުމަށް ކަނޑައެޅިފައިވާއިރު، ހުކުރު ދުވުހުގެ ރޭގަނޑު މީހުން ނިދާފައިވާ ވަގުތުތަކުގައި ބައެއް ރަށްތަކުގައި ބިން ހިއްކަން ފެށިކަމަށެވެ. އަދި އިންތިހާބުތަކަށް ނުފޫޒު ފޯރުވޭނީ އެވަރަކަށް ނޫންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

އިމްތިޔާޒް ވިދާޅުވީ، ދަންވަރު ވަގުތު ބިން ހިއްކަން ފެށިވާހަކަ ފަހުރުވެރިކަމާއިއެކު އިއުލާނުވެސް ކުރާކަމަށެވެ. އެހެންނަމަވެސް އެއީ ހުތުރު ދެރަވަރު އަމަލުތަކެއް ކަމަށާއި ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މަސައްކަތްތައް ކުރެވެމުންދަނީ ލަދެއްވެސް ނުގަންނަ މިންވަރަށް އެނގުނަށް ހެޔޮ ގޮތަކަށް ކަމަށާއި އެ މަންޒަރު ސާފުކޮށް ފެނިގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ ފައިސާ އަދި މުދާ ބޭނުންކޮށްގެންނާއި ވަސީލަތްތައް ބޭނުންކޮށްގެން ރައީސް ސާލިހަށް ކެމްޕެއިން ކުރުމުގެ މަސައްކަތްތައް އިންތިހާއަށް ކުރެވެމުންދާކަމަށެވެ. އެގޮތުން ސްޓެލްކޯ ތަންތަނުގައި ރޭގަނޑު ހަތަރުދަމު ކޯލް ސެންޓަރު ހަދައިގެން ތާއީދު ހޯދުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: