ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ މީހުން ވޯޓުލާން އުޅުމަކީ މުއިއްޒު ކަންބޮޑުވާންވީ ކަމެއް ނޫން: އަނަސް

އެމްޑީޕީގެ ސްޕޯކްސްޕާސަން އަނަސް އަބްދުއްސައްތާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީރެޖިސްޓްރީކޮށްފައިވާ އަދަދާއިމެދު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވުމާއިއެކު އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ފާޑުވިދާޅުވެއްޖެއެވެ.

ދެވަނަ ބުރުގައި ވޯޓުލުމަށް ހުޅުވާލި ފުރުސަތުގައި 25،000 އަށްވުރެ ގިނަ އަދަދެއްގެ މީހުން ރެޖިސްޓްރީ ބަދަލުކޮށްފައިވާކަމަށް އިއުލާނުކުރެއްވުމާއިއެކު، ޑރ މުއިއްޒުގެ އިތުރުން އެހެނިހެން ބައެއް ފަރާތްތަކުން ވެސްވަނީ އެކަމަކީ ނަހަމަ އަމަލެއްގެ ނަތީޖާކަމަށް ވިދާޅުވެފައެވެ.

ޑރ މުއިއްޒުގެ ވާހަކަތަކަށް ރައްދު ދެއްވައި އަނަސް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކު ވޯޓުލުމުގެ ހައްގުގެ ބޭނުން ހިފަން އުޅުމަކީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ކަންބޮޑުވާންޖެހޭކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެކަމަކީ ހިތްވަރުދީ އުފާ ކުރަންޖެހޭ ކަމެއްކަމަށެވެ.

އަނަސްގެ ފާޑުކިޔުން މުއިއްޒުއަށް އަމާޒުކުރައްވާފައިވާއިރު، މުއިއްޒު ވަނީ ރެޖިސްޓްރީ ބަދަލުކުރި އަދަދާއިމެދު ސުވާލު އުފެދޭކަމަށް ވިދާޅުވެ ޕޯސްޓެއް ކުރައްވާފައެވެ. އެގޮތުން ދެ ދުވަހުން އެކަން ވެގެންދާނެކަމާއިމެދު ސުވާލު އުފެދޭކަމަށއި އެއީ ހުރިހާ ޕާޓީތަކަކުންނާއި ބައިނަލްއަގުވާމީ މޮނީޓަރުންނާއި އޮބްޒާވަރުންގެ އިތުރުން ކަމާއިބެހޭ މުއައްސަސާތަކުންވެސް ބަލަން ޖެހޭ ސީރިއަސް މައްސަލައެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: