ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިމެރީއަށް އިއުލާނު ކުރީ އަސާސީ ގަވައިދާއި އެއްގޮތަށް، ޝަކުވާއަކަށް ޖާގައެއް ނެތް: އަނަސް

އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޕްރައިމަރީ އަށް އިއުލާން ކުރީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތާއި އެއްގޮތްވާ ގޮތަށް ކަމަށް އެޕާޓީގެ ސްޕޯކްސްޕާސަން އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕާޓީގެ އެތެރޭގެ އިންތިހާބު އަންނަ މަހުގެ 28 ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަންނަ ހޮނިހިރު ދުވަހުގެ 04:00 ކުރިން ފޯމުތައް ހުށަހެޅުމަށް ހުޅުވާލުމުން، އެކަމަށް ނުރުހުން ފާޅުކޮށް ރައީސް މުހައްމަދު ނަޝީދާއި އަރިސް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ކޮންމެ ކަމެއް ހުތުރު ގޮތަކަށް ގެންދަން އުޅުމުގެ ނަތީޖާ ގޯސްވާނެ ކަމަށެވެ.

އާޒިމް ހިތްހަމަނުޖެހުނީ، އިންތިހާބަށް އިއުލާނުކޮށް ފޯމުތައް ހުށަހެޅުމަށް ފަަސް ދުވަހުގެ މުއްދަތެއް ދިނުމުންނެވެ. އެހާ ކުރު މުއްދަތެއް ރައީސް ނަޝީދު މާލޭގައި ނެތީސް ދިނީ ގަސްތުގައިކަމަށް އާޒިމްގެ ވާހަކައިން ދޭހަވެ އެވެ.

އިންތިހާބަށް އިއުލާނުކޮށް، ފޯމުތައް ހުށަހެޅުމަށް ދިނީ ކުރު މުއްދަތެއްކަމަށް ބުނެ އެހެން ބައެއް މެމްބަރުން ވެސް އެކަމަށް ފާޑުކިޔާފައި ވެއެވެ.

 

ތުހުމަތުތަކާއި ގުޅިގެން “ސަންގު” އިން ސުވާލު ކުރުމުން އަނަސް ވިދާޅުވީ ޕްރައިމަރީއަށް ކުރިމަތިލުމަށް މުއްދަތު ދީފައި ވަނީ އަސާސީ ގަވާއިދުގެ ދަށުން ކަމަށެވެ. އަދި ފޯމް ހުށައެޅުމަށް ދަތިތަކެއް ކުރިމަތި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާޓީގެ ތާއީދު ފޯމާއި ބެހޭ ގޮތުން އަނަސް ވިދާޅުވީ ކޮންމެ އިންތިހާބަކުވެސް ބޭނުންކުރަނީ އެއް ތާއީދު ފޯމެއް ކަމަށެވެ.

ތާއީދު ފޯމް ތަކަކީ އަބަދުވެސް ޕާޓީ މެމްބަރުން އަތުގައި އޮންނާނެ ފޯމްތަކެއް. ޕާޓީ ވެބްސައިޓަށް ލީމަ ވެބްސައިޓްގައި ހުންނާނެ އެއެއްޗިހި އަދި ބޭނުން ކުރާނެ އަބަދުވެސް.

މުއްދަތު ތަކާއި ބެހޭ ގޮތުން އަނަސް ވިދާޅުވީ މުއްދަތު ކަނޑައަޅާފައިވަނީ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށާއި އެއާއި ހިލާފަށް ނުވަތަ އޭގައި ބަޔާން ކޮށްފައި އޮންނަ މުއްދަތަށް ވުރެ ކުރު މުއްދަތެއް ނޯންނާނެ ކަމަށެވެ.

މ އިިންނަނީ ޕްރައިމަރީ އަށް ކުރިމަތިލާން 2013 ގައި ސުންގަޑި ދީފައި އިނީ 8 ދުވަސް. 2018 ގައި އިނީ 5 ދުވަސް. 2023 ގައި 7 ދުވަސް. އެހެންވީމަ އަބަދުވެސް ގެންގުޅޭ މިންގަނޑު ތަކެއް އެ އޮންނަ އަސާސީ ގަވާއިދުގައި އޮންނަ މުއްދަތު ތެރޭގައި ހުންނާނީ. އެހެންވީމަ ދަތިތަކެއް ނޫޅޭނެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފޯމް ހުށައެޅުމަށް ހުޅުވާލީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އަދި ފޯމް ހުށަހެޅުމުގެ މުއްދަތު މި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ހަމަވެއެވެ. އަދި ޑިސެމްބަރު 26 ގައި ކެންޑިޑޭޓުންގެ ނަމްބަރާއެކު ފައިނަލް ލިސްޓު އާއްމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވޯޓާރސް ލިސްޓް އާއްމު ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ހަމަ އެދުވަހު އެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލައެވެ. އެއަށް ފަހު 31 ޑިސެމްބަރު ގެ 16:00 ގެ ނިޔަލަށް ޝަކުވާ ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ ޕްރައިމަރީގެ ފައިނަލް ވޯޓާރސް ލިސްޓް އާއްމު ކުރުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 03 ވަނަ ދުވަހުއެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް 10 ޖަނަވަރީގައި ފުރުސަތު ހުޅުވާލުމަށްފަހު އެ ފުރުސަތު ބަންދުވަނީ 15 ޖަނަވަރީގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: