ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ތަރުޖަމާނުގެ މަގާމަށް އަނަސް!

އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ތަރުޖަމާނަކަށް ޕާޓީގެ ކުރީގެ ސެކޭޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އައްޔަނު ކޮށްްފިއެވެ.

ކައުންސިލް އިންތިހާބާއި ދިމާކޮށް، އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވެސް ވާދަކުރެއްވި އަނަސް އެންމެ ފަހުން ހުންނެވީ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަކަށެވެ. އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު އޭނާ ފިނޭންސް މިނިސްޓްރީގެ ސްޓޭޓަކަށް ސަރުކާރުން އައްޔަނު ކުރި އެވެ. އަދި މިހާރު ވެސް ހުންނެވީ އެ މަގާމުގަ އެވެ.

ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އަނަސް، 2019 އިން ފެށިގެން 2021 ގެ ނިޔަލަށް ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން ކުރައްވާފަ އެވެ. އަދި އެމްޓީސީސީ އާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ވަކީލުކަމާއި ގޭން އިންޓަނޭޝަނަލް އެއާޕޯޓުގެ ވަކީލުކަން ކުރައްވާފައި ވެއެވެ.

އަނަސް އަކީ ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްކާމިކް ޔުނިވާސިޓީން ބެޗްލާސް އޮފް ލޯ އެލްއެލްބީ (އޮނާސް) ޝަރީއާ އެންޑް ލޯ ހާސިލު ކުރައްވާފަ އެވެ.

އެމްޑީޕީގެ ތަރުޖަމާނަކަށް އަނަސް އައްޔަނު ކުރުމުގެ ކުރިން، އެ މަގާމު ފުރުއްވާފައި ވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

އަންނަ އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރަށްވުމާއި އެކު، ޕާޓީގެ ގިނަ މަސައްކަތްތައް ކުރިޔަށް އޮންނާނެ އެވެ. އަދި މި އަހަރުގެ ފަހުކޮޅު ރިޔާސީ އިންތިހާބަށް ޕާޓީގެ ޕްރައިމެރީ ބޭއްވުމާއި އިތުރު މަސައްކަތްތަކާއި ބެހޭ މައުލޫމާތުތައް މީޑިއާތަކާއި ހިއްސާ ކުރުމާއި ހަވާލުވެ ހުންނަވާނީ ޕާޓީގެ ތަރުޖަމާނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: